logoEN
cocacola
ކަރަންޓު ކެނޑުނުތާ 10 ގަޑިއިރު - އަދިވެސް ކަރަންޓު ނުލިބޭ

ކަރަންޓު ކެނޑުނުތާ 10 ގަޑިއިރު - އަދިވެސް ކަރަންޓު ނުލިބޭ

Admin

logo

12/21/2020, 1:08:40 PM

# ގދ.ތިނަދޫ# ފެނަކަ# ކަރަންޓު

CAF7F2F0-6EA0-45E9-AF16-451091E73A1B

ގދ. ތިނަދޫ އިންޖީނުގޭގައި ރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާއަށްފަހު އެރަށަށް ކަރަންޓު ނުދެވި 10 ގަޑިއިރު ވެއްޖެ އެވެ.

ގޮސިޔާ

އެރަށުން ކަރަންޓު ކެނޑިފައިވަނީ ރޭ ދަންވަރު 3:15 ހާއިރު އެވެ. އަލިފާން ރޯވީ ކަރަންޓު ކެނޑުމުން، އަލުން ކަރަންޓު ދޭން މަސައްކަތް ކުރަމުން ދަނިކޮށް އެއްޗެއް ގޮވުމުގެ ސަބަބުންނެވެ. އެ ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވެއެވެ.

ފެނަކަ ތިނަދޫ ބްރާންޗުގެ މުވައްޒަފުން ދަނީ އަދިވެސް ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅިގެން ފެނަކަ ތިނަދޫ ބްރާންޗުގެ މެނޭޖަރު އަލްމާސް ޒުހައިރު ވިދާޅުވީ މައްސަލަ އުޅެނީ ޕެނަލް ބޯޑުތަކުގައި ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް މިއަދު މެންދުރު 14:30 ގައި މާލެ އިން އިންޖީނިއަރެއް އަންނަން ހަމަޖެހިފައިވާ ކަމަށެވެ.

”މާލެއިން އަންނަ އިންޖީނިއަރު ކޫއްޑޫ އިން ތިނަދޫއަށް އާދެވޭނީ 15:30 ހާއިރު” އަލްމާސް ވިދާޅުވިއެވެ.

އަލްމާސް ވިދާޅުވި ގޮތުގައި ކަރަންޓު ލިބޭނެ ސީދާ ގަޑިއެއް ނޭނގެ އެވެ. އަދި މަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަށް ކަރަންޓު ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ތިނަދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގި ދެވަނަ ފަހަރެވެ. މީގެ ކުރިން އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ 2016 ވަނަ އަހަރު އެވެ. އެ ފަހަރު އެ ރަށުގެ އިންޖީނުގެ އަނދައި ބޮޑެތި ގެއްލުންތަކެއ ވެ 5 ދުވަސް ވަންދެން ކަރަންޓު ނުދެވި ދިޔައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ