logoEN
ޕީއެންސީ 2

DSC_5036

ގާފު މީޑިއާ ގްރޫޕުން އިސްނަގައިގެން ކުރިޔަށް ގެންދިޔުމަށް ނިންމައިފައިވާ " ހަވަރު ގާފު ބެޑްމިންޓަން ޗެެމްޕިއަންޝިޕް 2020" ގެ ޕާޓްނަރުންނާއެެކު ސޮއިކޮށްފި އެވެ.

ޝަރީ 2024

މިރޭ ގދ. ތަނަދޫގެ ވޯޓާޑެެކް ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތުގައި ހަތަރު ފަރާތަކާއެކު ޕާޓްނާ އެގްރީމަންޓުގައި ވަނީ ސޮއި ކޮށްފައެވެ. އެގޮތުން އެސޯސިއޭޓް ޕާޓްނަރ ، އޯގަނައިޒިންގ ޕާޓްނަރ ، ޕްރިންޓިންގ ޕާޓްނަރ އަދި ބެެވަރެޖްސް ޕާޓްނަރ އާއެކު ވަނީ ސޮއިކޮށްފައެވެ.

މުބަރާތުގެ އެސޯސިއޭޓް ޕާާޓްނަރ އަކަށް ހަމަޖައްސައިފައިވަނީ ހުވަދޫ ބެޑްމިންޓަން ކްލަބެވެ. ހުވަދޫ ބެޑްމިންޓަން ކްލަބްގެ ފަރާތުން ސޮއި ކުރެއްވީ ކްލަބްގެ ޗެއާމަން އާދަމް ނަސީމް އެވެ. އަދި ގާފު މީޑިއާ ގްރޫޕްގެ ފަރާތުން ސޮއި ކުރެއްވީ ގާފު މީޑިއާ ގްރޫޕް ގެ ޗީފް އޮޕަރޭޓިންގް އޮފިސަރ އަހުމަދު ޝުރާއު އެވެ.

undefined

މުބާރާތުގެެ އޯގަނައިޒިންގ ޕާޓްނަރ އަކަށް ހަމަޖައްސައިފައިވަނި ތިނަދޫ ސްޓޭޑިއަމްއެވެ. ތިނަދޫ ސްޓޭޑިއަމްގެެ ފަރާތުން ސޮއި ކޮށްދެއްވީ ޔޫތް މިނިސްޓްރީގެެ އެގްސެކިއުޓިވް މުހައްމަދު ވިފާގްއެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ޕްރިންޓެކް ހަމަޖައްސައިފައިވާ އިރު ޕްރިންޓިކްގެ ފަރާތުން ސޮއި ކޮށްދެއްވީ ޕްރިންޓެކްގެ މެނޭޖަރ އަހުމަދު އާނިފް ސޮލާހް އެވެ. ބެެވަރެޖްސް ޕާޓްނަރަކަށް ވޯޓާޑެކް ހަމަޖައްސައިފައިވާ އިރު ވޯޓާޑެކްގެ ފަރާތުން ސޮއި ކޮށްދެއްވީ ވޯޯޓާޑެކްގެ މެނޭޖަރ ޤުސައްޔު އަބްދުﷲ އެވެ.

undefined

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ހަވަރު ސްޕޯޓްސް އެވެ. މިރޭ ބޭއްވި ރަސްމިއްޔާތުގައި ހަވަރު ސްޕޯޓްސްގެ ފަރާތުން ސްޕޮންސަރ އެގްރީމެންޓުގައި ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ނައިބް ރައީސް ޔާސިރު މުޙައްމަދު އެވެ.

"ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020" ކުރިއަށް ގެންދާނީ ގާފު މީޑިއާ ގްރޫޕުގެ ދަށުން ގާފު ސްޕޯޓްސް އިންނެވެ. މި މުބާރާތަކީ ގާފު ސްޕޯޓްސް ރަސްމީކޮށް އިފްތިތާހް ކުރުމުގެ ގޮތުން ކުރިޔަށް ގެެންދަން ނިންމައިފައިވާ ފުރަތަމަ ކުޅިވަރު މުބާރާތެވެ. ގާފު ސްޕޯޓްސް” އަކީ ގާފު މީޑިއާ ގްރޫޕްގެ ދަށުން ހިންގާ “ގާފު އޮންލައިން”ގެ ކުޅިވަރު ޕްލެޓްފޯމެެވެ.

undefined

އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމުން 10 ޓީމަކުން ވަނީ ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ޓީމް ލިސްޓުތައް ހަވާލުކުރުމުގެ ސުންގަޑިއަކީ 18 ޑިސެމްބަރު 2020 ގެ 22:00 އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ