
ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް - ޓައިޓަލް ސްޕޮންސަރ ހަވަރު ސްޕޯޓްސަށް
# ޕްރިންޓެކް# ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020# ތިނަދޫ ސްޓޭޑިއަމް# ހަވަރު ސްޕޯޓްސް# ހުވަދޫ ބެޑްމިންޓަން ކްލަބް# ވޯޓާ ޑެކްDSC_5018
ގާފު މީޑިއާ ގްރޫޕުން އިންތިޒާމުކޮށްގެން މިމަހުގެ 24 ވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާ "ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020" ގެ ޓައިޓަލް ސްޕޮންސަރއަށް ހަވަރު ސްޕޯޓްސް ހަމަޖައްސައިފިއެވެ.

ގދ, ތިނަދޫ ވޯޓަރ ޑެކް ރެސްޓޯރެންޓުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ހަވަރު ސްޕޯޓްސްގެ ފަރާތުން ސްޕޮންސަރ އެގްރީމެންޓުގައި ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ނައިބް ރައީސް ޔާސިރު މުޙައްމަދު އެވެ. ގާފުގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ, އަޙުމަދު ޝުރާއު ޙަސަން އެވެ. އެ އެއްބަސްވުމާއެކު "ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020" ގެ ނަން ވަނީ "ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020" އަށް ބަދަލުވެފައެވެ.
މުބާރާތުގެ ޓައިޓަލް ސްޕޮންސަރަށް ހަވަރު ސްޕޯޓްސް ހަމަޖެއްސި އިރު މުބާރާތުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެފްއެކްސް އެމްވީ އާއި އަކުއާ ޕެރެޑައިސް އެވެ. އެގޮތުން އަކުއާ ޕްރެޑައިސް ގެ ފަރާތުން ސޮއި ކުރެއްވީ އަކުއާ ޕްރެޑައިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަމާނުﷲ އިބްރާހިމް އެވެ. އަދި އެފްއެކްސް އެމްވީ ގެ ފަރާތުން ސޮއިކުރެއްވީ އެފްއެކްސް އެމްވީގެ ކޯ ފައުންޑަރ މުހައްމަދު އިސާމް ސާމިރުއެވެ.
މިރޭގެ ރަސްމިއްޔާތުގައި އެ މުބާރާތުގެ އެހެން ސްޕޮންސަރުންނާއި ޕާޓްނަރުންނާ އެކު ވަނީ ސޮއިކޮށްފައެވެ. އެގޮތުން މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކަށް ހުވަދޫ ބެޑްމިންޓަން ކްލަބް (އެޗްބީސީ) އަދި އޯގަނައިޒިން ޕާޓްނަރަކަށް ތިނަދޫ ސްޓޭޑިއަމް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އެ މުބާރާތުގެ ޕްރިންޓިން ޕާޓްނަރ ޕްރިންޓެކް, އަދި ބެވަރޭޖެސް ޕާޓްނަރ, ވޯޓާ ޑެކާއެކުވެސް މިރޭގެ ރަސްމިއްޔާތުގައި ގާފުން ވަނީ ސޮއިކޮށްފައެވެ.
"ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020" ކުރިއަށް ގެންދާނީ ގާފު މީޑިއާ ގްރޫޕުގެ ދަށުން ގާފު ސްޕޯޓްސް އިންނެވެ. މި މުބާރާތަކީ ގާފު ސްޕޯޓްސް ރަސްމީކޮށް އިފްތިތާހް ކުރުމުގެ ގޮތުން ކުރިޔަށް ގެެންދަން ނިންމައިފައިވާ ފުރަތަމަ ކުޅިވަރު މުބާރާތެވެ. ގާފު ސްޕޯޓްސް” އަކީ ގާފު މީޑިއާ ގްރޫޕްގެ ދަށުން ހިންގާ “ގާފު އޮންލައިން”ގެ ކުޅިވަރު ޕްލެޓްފޯމެެވެ.
އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމުން 10 ޓީމަކުން ވަނީ ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ޓީމް ލިސްޓުތައް ހަވާލުކުރުމުގެ ސުންގަޑިއަކީ 18 ޑިސެމްބަރު 2020 ގެ 22:00 އެވެ.
މުބާރާތާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން "ގާފު" ގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަހުމަދު ޝުރާއު ވިދާޅުވީ އެ މުބާރާތަކީ ހުވަދު އަތޮޅުގައި މިހާތަނަށް ބޭއްވޭނެ އެންމެ ވަރުގަދަ ބެޑްމިންޓަން މުބާރާތް ކަމަށާއި އެ މުބާރާތުގެެ މަގްސަދަކީ ހުވަދޫގައި ބެޑްމިންޓަން ކުޅޭ ފަރާތްތަކަށް އިތުރު ފަހި ފުރުސަތްތަކެއް ހުޅުވުން ކަމަށެވެ. އެގޮތުން ފުޓްސަލް އާއި ފުޓްބޯޅަ ފިޔަވައި އެހެން ކުޅިވަރުތަކަކީވެސް އިސްކަމެއް ދީގެން ކުރިއަރުވަން ޖެހޭ ކުޅިވަރުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގާފު ސްޕޯޓްސްއިން އިސްނަގައިގެން މުސްތަގްބަލުގައި ހުވަދު އަތޮޅަށް ހުޅުވާލައިގެން އެހެން ކުޅިވަރުތަކަށްވެސް މުބާރާތްތަށް އިންތިޒާމްކުރުމަށް ނިންމައިފައިވާ ކަމަށް ޝުރާއު ވަނީ ވިދާޅުވެފައެވެ.
ގުޅުންހުރި

ހަވަރު ސްޕޯޓްސް ކުލަބު ބަލިކޮށް ލީގު ބުރުގެ އެއްވަނަ އެޕެކްސް އިން ކަށަވަރުކޮށްފި

ަފަސޭހަކަމާއެކު އެޗްބީސީ އެކަޑަމީ ބަލިކޮށް އެޕެކްސް އިން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި

ފަސޭހަކަމާއެކު އެބީސީ އެކަޑަމީ ބަލިކޮށް ހަަވަރު ސްޕޯޓްސް ކުލަބުން ފެށުން ރަގަނޅުކޮށްފި
