
EpSHWbpUYAElwEc
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލު ވިޔަފާރި ކުރާ ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަތަރު ސައިކަލު ހަދިޔާކޮށްފިއެވެ.

މި ކަމަށްޓަކައި ހުޅުމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމެވެ. އަދި ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފަށް މި ތަކެތި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް އަޙްމަދު ޒާހިރުއެވެ.
ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާ ކޮށްފައިވަނީ އެ ކުންފުނިން އަލަށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފަށާފައިވާ ހައޯޖޫ 125 ސީސީ ބްރޭންޑްގެ ސައިކަލެވެ.
މި ރަސްމިއްޔާތުގައި ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ސައިކަލް ހަދިޔާކުރުމާ ގުޅިގެން އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން ވަނީ ލިޔުމެއް ހަވާލުކޮށްފައެވެ.

ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މި ހާދިޔާ ކުރި ސައިކަލްތަކަކީ ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ކުރަމުން ގެންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ލިޓަސް މޯލްޑިވްސްގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި ސައިކަލް ތަކެކެވެ.
ގުޅުންހުރި
.webp&w=3840&q=75)
ލ ގަމު ބޭރުން ބޯޓެއް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ސަރަހައްދީ ގައުމުތަކުގެ އެހީއާއިއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލަންކާގެ ދެ މަސްބޯޓު އަތުލައިގަނެފި

ހުޅުމާލޭ ފޭސް 3 ގައި މިރޭ ހަވާއަރުވާނެ!





