logoEN
ޕީއެންސީ 2
ޗެންމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރުއަތުލުން ބާއްވައިފި

ޗެންމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރުއަތުލުން ބާއްވައިފި

ގާފު އެޑިޓޯރިއަލް

logo

12/14/2020, 5:46:26 PM

# ޗެންމްޕިއަންސް ލީގު

champions league

ޗެންމްޕިއަންސް ލީގުގައި ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރަށް ދިޔަ ޓީމުތަކުގެ ގުރުއަތުލުން މިއަދު ބާއްވައިފިއެވެ.

ޝަރީ 2024

ވާދަވެރި މެޗުތަކަކަށްފަހު ކޮންމެ ގްރޫޕަކުންވެސް ވަނީ ދެޓީމެއް ޗެންޕިއަންސްލީގުގައި ދެވަނަ ބުރަށް ކޮލިފައިވާނެވެ. އަދި އެއްޓީމު ޔޫރަޕާލީގަށް ކޮލިފައިވާނެވެ. ދެވަނަ ބުރަށް ދާ ޓީމުތަކަކީ ޗެންޕިއަންސްލީގުގައި ކޮންމެ ގުރޫޕެއްގެ އެއްވަނަ އަދި ދެވަނައަށް ދާ ޓީމެވެ. މުބާރާތުގެ ގަވާއިދު ބުނާގޮތުން ގްރޫޕެއެއްގެ ތިންވަނައަށް ދާ ޓީމު ދާނީ ޔޫރަފާ ލީގަށެވެ. އަދި ހަތަރުވަނައަށް ދާ ޓީމު މުބާރާތުން ކަޓާނީއެވެ.

ދެވަނަ ބުރުގެ މެޗުތަކަށް ބަލާއިރު ގްރޫޕް އޭ ގެ ދެވަނަ ޓީމް އެތްލެޓިކޯ މެޑްރީޑް ވާދަކުރާނީ ގްރޫޕް އީ ގެ އެއްވަނަ ޓީމް ޗެލްސީއާއި އެވެ. އަދި ގްރޫޕް ބީ ގެ ދެވަނަ ޓީމް ބްރޯޝިޔާ މޮންޗެލަޑްބެކް ވާދަކުރާނީ ގްރޫޕް ސީ ގެ އެއްވަނަ ޓީމް މެންޗެސްޓާރ ސީޓީއާއި އެވެ. ގްރޫޕް އެފް ގެ ދެވަނަ ޓީމް ލާޒިއޯ ވާދަކުރާނީ ގްރޫޕް އޭ ގެ ޗެމްންޕިއަން އަދި މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންސް ވަރުގަދަ ބަޔާން މިޔުނިކްއާއި އެވެ. މިމެޗުތަށް މިހާރު އޮތްގޮތަށް ބަލާއިރު ކުޅެން ހަމަޖެހިފައިވަނީ ފެބްރުއަރީ ސަތާރާއިގައެވެ.

ވާދާވެރި ގްރޫޕް ބީ ގެ އެއްވަނަ ޓީމް ރެއާލް މެޑްރިޑް ވާދަކުރާނީ ގްރޫޕް ޑީ ގެ އެޓްލާންޓާއި އެވެ. އަދި ގްރޫޕް އީ ގެ ދެވަނަ ޓީމް ސްޕެއިން ގެ ސެވިއްޔާ ވާދަކުރާނީ ގްރޫޕް އެފް ގެ އެއްވަނަ ޓީމް ޖަރުމަން ގެ ބްރޯޝިއާ ޑޯޓްމަންޑާއި އެވެ. ގްރޫޕް ޖީ ގެ އެއްވަނަ ޓީމް އިޓަލީގެ ޔުވެންޓާސް ވާދަކުރާނީ ގްރޫޕް ސީ ގެ ދެވަނަ ޓީމް ޕޯރޓޯ އެފްސީ އާއި އެވެ.

ގްރޫޕް ޑީ ގެ ޗެމްޕިއަންސް ލިވަޕޫލް ވާދަކުރާނީ ޖަރުމަން ގެ އާރްބީ ލެޕްޒިގް އާއި އެވެ. އަދި ގްރޫޕް ޖީ ގެ ދެވަނަ ޓީމް ފުޓްބޯޅަ ކްލަބް ބާސެލޯނާ ވާދަކުރަނީ ގްރޫޕް އެޗް ގެ އެއްވަނަ ޓީމް އަދި ފްރާންސް ގެ ޕީއެސްޖީ އާއި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ