logoEN
ޕީއެންސީ 2
ޔުނައިޓެޑް އަދި ސިޓީ ބައްދަލު ކުރާ މެޗް މިރޭ

ޔުނައިޓެޑް އަދި ސިޓީ ބައްދަލު ކުރާ މެޗް މިރޭ

ގާފު އެޑިޓޯރިއަލް

logo

12/12/2020, 9:15:21 PM

manchester-united-manchester-city-composite-07012020-min

މިރޭ އިނގިރޭސި ކްލަބް މެންޗެސްޓާރ ޔުނައިޓެޑް އަދި މެންޗެސްޓާރ ސިޓީ ޔުނައިޓެޑްގެ އަމިއްލަ ދަނޑު އޯލްޑް ޓެފޯޑުގައި ވާދާކުރާނެއެވެ.

ޝަރީ 2024

ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ދެ މެޗުން މޮޅުވި ނަމަވެސް ފަހުން ދެ މެޗުން ބަލިވެގެން ޔުނައިޓެޑް ކެޓީ އެވެ. އެ މުބާރާތުން ވަކިވުމުގެ މާޔޫސްކަމުގެ ތެރޭގައި ކްލަބްގެ ސަޕޯޓަރުންނާއި ކުޅުންތެރިން ތިއްބައި މިރޭ އެ ޓީމު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.

"ވަރަށް މުހިއްމު ކަމެއް އަހަރެމެން ހާސްވެގެން ތެޅިފޮޅިނުގަތުމަކީ. ގަބޫލުކުރަން ޖެހޭ ފުޓްބޯޅައިގައި ކޮންމެ މެޗަކުން މޮޅެއްނުވެވޭނެކަން. ބައެއް މެޗު ހުންނާނެ ބަލިވިޔަސް މާ ބޮޑު އަސަރެއް ނުހުންނަ. އަނެއް ބައި މެޗު ހުންނާނެ ބަލިވުމުން އޭގެ ގޯސް އަސަރުތަކެއް ގިނަ މެޗުތައް ވެސް،" ސޯލްޝެއާ ބުންޏެވެ.

"ހަގީގަތަކީ އަހަރެމެން ޗެމްޕިއަންސް ލީގުން ކަޓައިފި. އެއީ ހުރިހާ ކަމެއް ނިމުމެއް ނޫން. ދެން ބަލަންވީ އަލުން އެ މުބާރާތަށް ކޮލިފައިވާން."

ޔުނައިޓެޑަށް މި ވަގުތު ދަނޑު ބޭރުން ވެސް އަންނަނީ މައްސަލަތަކެއް ކުރިމަތިވަމުންނެވެ. އެންމެ ބޮޑު ޕްރެޝަރެއް އަންނަނީ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ މީޑިއާގައި ޕޮގްބާގެ މުސްތަގުބަލާ ބެހޭގޮތުން ދައްކާ ވާހަަކަތަކުންނެވެ. ސޯލްޝެއާ ބުނީ ރައިއޯލާ ކޮންމެ ވާހަކަތަކެއް ދެއްކި ކަމުގައި ވިޔަސް ކުޅުންތެރިއެއްގެ ގޮތުގައި ޕޮގްބާއާ މަޝްވަރާކުރަން ޖެހޭ ކަމެއް އޮވެއްޖެނަމަ ބަރާބަރަށް އެކަމެއް ކުރަމުން އަންނަ ކަމަށެވެ.

"އެހެން ކުޅުންތެރިއެކޭ އެއްގޮތަށް ޕޮގްބާއާ މެދު ވެސް ކަންތައްތައް މި ކުރަނީ. އަހަންނަށް ފެންނަ ފެނުމުގައި މި ޓީމު މޮޅުކުރަން އެހެން ހުރިހާ ކުޅުންތެރިއެކޭ އެއްވަރަށް ޕޮގްބާ ވެސް މަސައްކަތްކުރޭ،" ސޯލްޝެއޭ ބުންޏެވެ.

ސިޓީއާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ޔުނައިޓެޑްގެ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް ފިޓްވެފައިވީ ނަމަވެސް އުރުގުއޭގެ ފޯވާޑް އެޑިސަން ކަވާނީ އަދިވެސް އަންނަނީ އަނިޔާ އަށް ފަރުވާހޯދަމުންނެވެ. ކަވާނީ ބޭނުންކުރުމާ މެދު ގޮތެއް ނިންމާނީ މިއަދު ހަދާ ފިޓްނަސް ޓެސްޓްތަކަށް ފަހު އެވެ.

މިދިޔަ ސީޒަނުގައި ސިޓީއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފަ އެވެ. އެކަމަކު މި ސީޒަނުގައި ޔުނައިޓެޑް އަމިއްލަ ދަނޑުގައި ފޯމު އެންމެ ރަނގަޅެއް ނޫނެވެ. ސޯލްޝެއާ ބުނީ މި މެޗަކީ އޭނާގެ ނަޒަރުގައި ޔުނައިޓެޑްގެ ސީޒަން ރަނގަޅު މިސްރާބަކަށް ގެންދަން ވަރަށް މުހިއްމު ރޯޅެއް ކުޅޭ މެޗަކަށް ހެދިދާނެ ކަމަށާއި ކުޅުންތެރިންނަށް ވިސްނައިދޭނީ ވެސް އެ ގޮތަށް ކަމަށެވެ.

ޔުނައިޓެޑް ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:30 ގަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ