ގދ.ތިނަދޫގައި ފެނަކައިން އަލަށް އިމާރާތް ކުރާ އިންޖީނުގެ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
ތިނަދޫ އިންޖީނުގެ މިހާރު ހުރި ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިޔާތުގައި އާއިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކަ ކޯޕަރޭޝަން ގެ މޭނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ ސަނީފް އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރ އަބްދުލް މުޣުނީ އެވެ. ތިނަދޫ އާއިންޖީނުގެ އިމާރާތުގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަން ނިންމާފައިވަނީ ފެނަކައިގެ މުވައްޒަފުންނާއި ހަވާލުކޮޮށްގެނެެވެ.
އަލަށް ބިންގަ އެޅުނު މި އިންޖީނުގޭޭގެެ އިމާރާތުގައި 20 މެގްވޯލްޓްގެ އިންޖީނު ބެހެއްޓި ހިދުމަތްދެވޭނެ ކަމަށް ފެނަަކައިން މައުލޫމާތު ދެއެވެ. އިންޖީނު ރޫމްގެ އިތުރުން ފަންނީ މުވައްޒިފުންނަށް ޒަމާނީ އޮފީހަކާއި މީޓިންގް ރޫމެއްވެސް މި އިމާރަތުގައި ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

ތިނަދޫގައި މިހާރު އިންޖީނުގެ އިމާރާތެއްގެ ގޮތުގައި ބޭނުން ކުރަމުން ދަނީ އެރަށު އިންޖީނުގޭގައި ރޯވި ފަހުން އެޅި ވަގުތީ ތަނެއްގައެވެ. އަދި ކުރީ ސަރުކާރުން 16 މިލިއަން ރުފިޔާ ބަޖެެޓުގައި ހިމަނައިގެން ތިނަދޫގައި އާއިންޖީނު ގެެެއެއް އެޅުމަށްޓަކައި 2016 ވަނަ އަހަރު ވަނީ އަވައްޓެރި ސްރީލަންކާގެ ކުންފުންޏަކާއި 2016 ވަނަ އަހަރު ހަވާލުކުރެވިފައެވެ. އެެހެން ނަމަވެސް 4 އަހަރުވެގެެން ދިޔައިރުވެސް ކުރެވުނު ހަމަ އެކަނި މަސައްކަތަކަށް ފެންނަން ހުރީ ދަގަނޑު ހޮޅިތަކެއް ޖަހާފައި ހުރި ތަން އެކަންޏެވެ. މިދިޔަ އަހަރު މިއަދުގެ ސަރުކާރުން ވަނީ މިދިޔަ އަހަރު މަސައްކަތް އަލުން ފެށުމަށް މަސައްކަތް ކޮށްފައެވެ.
2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ތިނަދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަނުގައި ހުރި ހުރިހާ ޖަނެރޭޓަރުތައް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިގެން ގޮސްފައެވެ. އެހާދިސާގެ ސަބަބުން ތިނަދޫއިން ކަރަންޓު ކެނޑި ހަތަރު ދުވަހާއި، ތިން ރޭ ވަންދެން އެރަށު ރައްޔިތުން ތިބީ ކަރަންޓު ނުލިބި، ކަނު އަނދިރީގައެވެ.