ތިބާ ހިތްކިޔާ ފަރާތަކަށް ތިބާ ރީތިވެދާނެ ކަމަށް ނުވަތަ ހިތްކިޔާފާނެ ކަމަށް ތިބާ ގަބޫލުކުރެވޭ މިންވަރަށް ވުރެ %20 އިންސައްތަ އިތުރަށް ހިތްކިޔާ ފަރާތަށް ތިބާ ރީތިވާނެއެވެ.
ފިރިހެނުން އެމީހަކު ހިތްކިޔާ އަންހެނަކާއި ވާހަކަ ދައްކާއިރު، އަޑު މަޑުކޮށް، މަޑުމައިތިރިކަމާއެކު ވާހަކަ ދައްކައެވެ.
ނަފްސާނީ ޢިލްމުވެރިން ބުނާގޮތުން، ތިބާ މީހަކާ އިނުމުގެ ކުރިން ގާތްގަޑަކަށް 7 ފަހަރު، ތިބާއަށް ލޯބީގެ އިހްސާސް ކުރެވޭނެއެވެ.
ފިރިހެނުންގެ ހެދުންއެޅުމާއި، ބޭރުފުށުން ފެންނަ ސިފަތަކަށް އަންހެނުންގެ ސަމާލުކަން ހުއްޓެއެވެ. އަދި ފިރިހެނުންގެ ޝަޙުސިއްޔަތުން އަންހެނުންގެ ހިތް ފަތަޙަކޮށް ހިތް އަތުލައެވެ.
ލޯބިވެރިޔާއާއި ވަކިވުމުން، ލިބިގެންދާ ހިތާމައިން އަރައިގަނެ، ލޯބިވެރިޔާ މަތިން އެއްކޮށް ހަދާން ނައްތާލުމަށް އާންމު ހާލަތުގައި އިންސާނަކަށް 17 މަހާއި 26 ދުވަސް ނަގައެވެ.
ތެދުވެރިކަމާއި އަދި "ސްމާޓް"ކަން ނުވަތަ ކަންކަމުގައި ފަސޭހައިން ހައްލު ހޯދަން މޮޅު ވުމާއި ގުޅިފައިވަނީ "ހިއުމަރ" ނުވަތަ ޝައުޤުވެރި ގޮތްގޮތައް ވާހަކަ ދެއްކުމުގެ ހުނަރާއި އެވެ. ގިނަ އަންހެނުން ޝައުޤުވެރިވާ ގޮތްގޮތައް ވާހަކަ ދެއްކުމުގެ ހުނަރު ހުންނަ ފިރިހެނުން ގަޔާވަނީ މިހެންވެއެވެ.
ތިބާއަށް ތިބާގެ ޖަޒުބާތު ކޮންޓްރޯލް ނުކުރެވޭ ކަމަށް ޤަބޫލު ކުރެވޭ ނަމަ، ދަތް އުނގުޅާލާށެވެ. މިގޮތުން ދަތް އުނގުޅަން އާންމުކޮށް ބޭނުންކުރާ އަތް ނޫން އަނެއް އަތުން ދަތް އުނގުޅާލާށެވެ. މިފަދަ ޙަރަކާތެއްގެ ސަބަބުން، ތިބާގެ ސިކުނޑި އަށް އެހެން ގޮތަކަށް މަސައްކަތްކުރަން މަޖުބޫރުވެއެވެ. އަދި މިފަދަ ހަރަކާތެއްގެ ސަބަބުން، ތިބާގެ ނަފުސު ކޮންޓްރޯލް ކުރުމަށް އިތުރު ބާރެއް ލިބިގެން ދާނެއެވެ.
ފިރިހެނުން ނޫކުލައިގެ ގަމީހެއް ނުވަތަ ކޯޓެއް، ހެދުން އެޅުމަށް ބޭނުންކުރުމުން، އަންހެނުންގެ ސަމާލުކަން އެމީހަކަށް ހުއްޓުމުގެ ފުރުޞަތު ބޮޑެވެ.
މީހަކު ތިބާއާއި ގަޔާވާނަމަ، ތިބާއާއި ކައިރިއަށް އައިސް ކޮންމެވެސް ގޮތަކަށް އެއްޗެއް ބުނުމަށް މަސައްކަތް ކުރާނެއެވެ. އަދި މިގޮތުން އެމީހަކު ކޮންމެވެސް އެއްޗެއް ބުނެ ދުރަށް ދެވޭތޯ މަސައްކަތް ކުރާނަމަ، ތިބާ އާއި އެމީހަކު ގަޔާ ނުވެއެވެ.
ތިބާ އެއްވެސް ގޮތަކަށް ދިމާ ނުވާ މީހަކާ ދިމާވުމުން، ފަސޭހައިން ތިބާ އެމީހަކާ ގަޔާވެ، މާބޮޑަށް ހިތްކިޔުމުގެ ފުރުޞަތު ބޮޑެވެ.
ވަކި މީހަކު ކޮޕީކުރުން ނުވަތަ ކުރާ ވަކި ޚާއްސަކަމެއް އެގޮތަށް ކުރުމަކީ، އެމީހަކަށް ތިބާ ހިތް ކިޔާ ކަމުގެ ނިޝާނެކެވެ. މިގޮތުން ތިބާ ހިތް ކިޔާ މީހަކު ކުރާ ކަންކަން ކޮޕީ ކުރުމުން، އެމީހަކާއި ތިބާ އާއި ގާތްކަން އިތުރުވެގެން ދާނެއެވެ.
ދާއިމީ ލޯބީގެ ގުޅުމަކަށް ބައިވެރިޔަކު އިޚްތިޔާރު ކުރުމުގައި، މޫނުގެ ރީތިކަމާއި، ހަށިގަނޑުގެ ފުރިހަމަކަމަށް، އަންހެނުން އަދި ފިރިހެނުންވެސް ބަލައެވެ.
އެކަކު އަނެކަކަށް ހިތްކިޔައި އެކުގައި އުޅުމަށް ލޯބިކޮށް 4 މަހަށް ވުރެ ގިނަ މުއްދަތަށް އެކުގައި ވަކިނުވެ އުޅެފިނަމަ، އެގުޅުން ވެގެންދަނީ ލޯތްބަށެވެ.
މީހަކު ދެކެ ލޯބިވުމަށް ނަގަނީ 4 މިނެޓުގެ ވަގުތުކޮޅެކެވެ.
ލޯބިވެރިޔާ އާއި މައްސަލަ ޖެހުމުން ނުވަތަ ވަކިވުމުން %64 އިންސަތަ މީހުން އެމީހުންގެ "ލުކް" ނުވަތަ ހެދުން އެޅުމުގެ ވައްޓަފާޅި، ރިތިވާ ގޮތް، ހެއަރ ސްޓައިލް، ފަދަ ގޮތްތައް ބަދަލުކުރެއެވެ.
ދިރިއުޅުމުގައި އަމިއްލަ ނަފްސަށް އިތުބާރު ބޮޑު މީހުން ލޯބީގެ ގުޅުންތަކުގައި ކާމިޔާބެވެ.
ލަނދު ރަކި ގޮތް ހުންނަ މީހުން ލޯބީގެ ގުޅުންތަކުގައި ކާމިޔާބެވެ. ލަނދުރަކި ކަމުގެ ސިފަޔަކީ ގިނަބަޔަކު ގަޔާވާ ސިފައެއްކަމުގައި ވެއެވެ.
އަންހެނުން ދައްކާ ވާހަކަ އަދި އުޅުމުން، %85 އިންސައްތަ ފިރިހެނުން އޮޅެއެވެ.
ދެމީހަކު ދެކެ އެއްފަހަރު ލޯބިވުމަކީ ވެދާނެކަމެކެވެ. ނަމަވެސް އެއް މިންވަރަކަށް ދެމީހަކު ދެކެ ލޯބި ނުވެވޭނެއެވެ.
މީހަކަށް ހިތްކިޔާނަމަ، ރޭގަނޑު ނިދީގައި ފެންނަ ހުވަފެންތައް %30 އިންސައްތަ އިތުރަށް ހަނދާން ހުންނާއެވެ.
ހަޤީޤަތައް ނުދެކެވޭ މިންވަރަށް ލޯބީގެ ވާހަކަ، ޚިޔާލީ ގޮތުން ސިކުނޑީގައި ލޯބިވާ ފަރާތާއި ދެއްކޭނެއެވެ.
ލޯބިވާ ފަރާތާއި ވާހަކަ ދެއްކުމަށް ލިބިގެންދާ ކޮންމެ ފުރުޞަތަކުން، ތިބާގެ ސިކުނޑީގެ ނަފްސާނީ ހާލަތު އިތުރުކޮށްދެއެވެ.
ދެލޯބިވެރިން އެކަކު އަނެކަކުގެ މޫނަށް ބެލުމުން، ދެ ލޯބިވެރިންގެ ހިތުގެ ވިންދު އެއްވަރުވެ، ގުޅެއެވެ.
ދެލޯބިވެރިންގެ އެއްގޮތް ސިފަތަކެއް ހުންނަނަމަ، އެއްކޮށް އުޅުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ.