logoEN
cocacola
ހުވަދު އަތޮޅަށް ހުޅުވާލައިގެން "ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020" ލޯންޗްކޮށްފި

ހުވަދު އަތޮޅަށް ހުޅުވާލައިގެން "ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020" ލޯންޗްކޮށްފި

ގާފު އެޑިޓޯރިއަލް

logo

12/10/2020, 11:49:45 AM

# ބެޑްމިންޓަން# ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020# ގާފު ސްޕޯޓްސް

badminton@10x-100

ހުވަދު އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެެން ބާއްވާ "ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020" ގާފު ސްޕޯޓްސް އިން ރަސްމީކޮށް މިއަދު ލޯންޗުކޮށްފި އެވެ.

ގޮސިޔާ

ގާފު ސްޕޯޓްސް އާއި ހުވަދޫ ބެެޑްމިންޓަން ކްލަބް ގުޅިގެެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ތާވަލްކުރެވިފައިވަނީ ޑިސެމްބަރ 24 ވަނަ ދުވަހު ފަށާގޮތަށެވެ. މި މުބާރާތަކީ ގާފު ސްޕޯޓްސް ރަސްމީކޮށް އިފްތިތާހް ކުރުމުގެ ގޮތުން ކުރިޔަށް ގެެންދަން ނިންމައިފައިވާ ފުރަތަމަ ކުޅިވަރު މުބާރާތެވެ.

“ގާފު ސްޕޯޓްސް” އަކީ ގާފު މީޑިއާ ގްރޫޕްގެ ދަށުން ހިންގާ “ގާފު އޮންލައިން”ގެ ކުޅިވަރު ޕްލެޓްފޯމެެވެ.

ގާފު އޮޮންލައިނުން އިސްނަގައިގެން ކުރިޔަށް ގެންދަން ނިންމައިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެެވެެ. މި މުބާރާތުގައި ހުވަދު އަތޮޅުގެ ހުރިހާ ރަށަކުންވެސް ދެ ޖިންސުގެ ކުޅުންތެރިންނަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެެއެވެ. އެގޮތުން މުބާރާތުގައި ބައިވެރިވުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ރޭޭ 23:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓީމް އުސޫލުންނެވެ. އެގޮތުން ކޮންމެ ޓީމެއްގައިވެސް ހިމެެނޭނީ 5 ކުޅުންތެރިންނެެވެެ.

މުބާރާތާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން "ގާފު" ގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަހުމަދު ޝުރާއު ވިދާޅުވިގޮތުގައި މި މުބާރާތަކީ ހުވަދު އަތޮޅުގައި މިހާތަނަށް ބޭއްވޭނެ އެންމެެ ވަރުގަދަ ބެޑްމިންޓަން މުބާރާތް ކަމަށާއި މި މުބާރާތުގެެ މަގްސަދަކީ ހުވަދޫގައި ބެޑްމިންޓަން ކުޅޭ ފަރާތްތަކަށް އިތުރު ފަހި ފުރުސަތްތަކެެއް ހުޅުވުން ކަމަށެވެ. އަދި ހުވަދޫގައި ކުޅެން ޖެހެނީ ވަކި ކުޅިވަރުތަކެއް ނޫންކަމަށާއި ހުރިހާ ކުޅިވަރުތަކަށް ވެސް ހަމަ ހަމަ ފުރުސަތްތަކެއް ހުޅުވާލަން ޖެހޭ ކަމަށްވެސް ޝުރާއު ވަނީ ވިދާޅުވެފައެވެ. އަދި ގާފު ސްޕޯޓްސްއިން އިސްނަގައިގެން މުސްތަގްބަލުގައި ހުވަދު އަތޮޅަށް ހުޅުވާލައިގެން އެހެން ކުޅިވަރުތަކަށްވެސް މުބާރާތްތަށް އިންތިޒާމްކުރުމަށް ނިންމައިފައިވާ ކަމަށް ޝުރާއު ވަނީ ވިދާޅުވެފައެވެ.

ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 ސްޕޮންސާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައިވާއިރު މުބާރާތް ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ "ގާފު މީޑިއާ ގްރޫޕް" ގެ ނަމްބަރު 9448800 އަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ