logoEN
cocacola
އެސްޓީއޯ ޖީބީސީ 2022 - ރޮކެޓް ރައިޑާސް ބަލިކޮށް ހަވަރު ސްޕޯޓްސް އިން ފައިނަލްގެ އުއްމީދު އާކޮށްފި

އެސްޓީއޯ ޖީބީސީ 2022 - ރޮކެޓް ރައިޑާސް ބަލިކޮށް ހަވަރު ސްޕޯޓްސް އިން ފައިނަލްގެ އުއްމީދު އާކޮށްފި

# ކުޅިވަރު# ގާފު ސްޕޯޓްސް# އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް# ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022

TEN04736

އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022ގައި މިރޭ ކުޅުނު ފުރަތަމ މެޗު ކާމިޔާބުކޮށް، ފައިނަލުގައި ކުޅުމުގެ އުއްމީދު ހަވަރު ސްޕޯޓްސް އިން އައުކޮށްފިއެވެ.

ގޮސިޔާ

މިރޭގެ ފުރަތަމަ މެޗުގައި ކުޅުނީ ރޮކެޓް ރައިޑާސް އާއި ހަވަރު ސްޕޯޓްސްއެވެ. އެ މެޗުގެ ފުރަތަމަ ޓައިގައި ފަސްޓް ޑަބަލްސް ކުޅުނު އިރު އެ ފުރަތަމަ ދެ ސެޓު އެއްވަރުވެގެން ތިންވަނަ ސެޓުގައި ކުރި ހޯދީ ހަވަރު ސްޕޯޓްސް އިންނެވެ.

ދެވަނަ ޓައިގައި ސިންގަލްސް ކުޅުނު އިރު، ފަސޭހަކަމާއެކު އެ ޓައިގެ ދެ ސެޓުވެސް ކާމިޔާބު ކުރީ ހަވަރު ސްޕޯޓްސް އިންނެވެ. ތިން ވަނަ ޓައިގައި ސެކަންޑް ޑަބަލްސް ކުޅުނު އިރު، ދެ ޓީމުގެ ފަރާތުންވެސް މި ޓައިގެ ސެޓުތަކުގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މޮޅު ކުޅުމެއް ދައްކައި ޓައިގެ ދެ ސެޓުވެސް ކާމިޔާބުކޮށް ހަވަރު ސްޕޯޓްސް ވަނީ މި މެޗުން މޮޅުވެފައެވެ.

މިއީ މި މުބާރާތުގައި ހަވަރު ސްޕޯޓްސްވެސް ކުޅުނު ތިން ވަނަ މެޗެވެ. ރޮކެޓް ރައިޑާސްއަށްވެސް މިއީ ތިން ވަނަ މެޗެވެ. ރޮކެޓް ރައިޑާސް މި މެޗުން ބަލިވިއިރު މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން އެ ޓީމް މޮޅުވެފައި ނުވެއެވެ. މިރޭގެ މެޗުން ހަވަރު ސްޕޯޓްސް މޮޅުވުމާ އެކު އެޓީމަށް އޮތީ ފައިނަލްގައި ކުޅެވޭނެ ކަމުގެ އުއްމީދު އާ ވެފައެވެ.

ހަވަރު ސްޕޯޓްސް އިން މިމެޗު ކާމިޔާބު ކުރީ 0-3 ގެ ނަތީޖާ އަކުންނެވެ.

މި މުބާރާތުގައި އަންހެން ކެޓެގަރީގެ ތިން ޓީމަކާއި ފިރިހެން ކެޓެގަރީގެ ފަސް ޓީމަކުން ބައިވެރިވެފައިވެއެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ 10 އޭޕްރީލް އިން ފެށިގެން 15 އޭޕްރީލްގެ ނިޔަލަށް ކޮންމެ ރެއެއްގެ 21:00 އިން ފެށިގެންނެވެ. މި މުބާރާތުގެ މެޗުތައް ގާފު ފޭސްބުކް ޕޭޖުގައި އިވެންޓްކާސްޓް މޯލްޑިވްސް މެދުވެރިކޮށް ލައިވް ކުރާނެއެވެ.

ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ލޯންޗު ކުރެވި، ގާފު މީޑިއާ ގްރޫޕްގެ "ގާފު ސްޕޯޓްސް"ގެ ދަށުން ހިންގޭ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ އެސްޓީއޯ އެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކަށް ވެލްކޯ ހަމަޖެހިފައިވާއިރު މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުންނަކީ ގދ. އަތޮޅު ކައުންސިލާއި، ގދ. ތިނަދޫ ކައުންސިލްގެ އިތުރުން ގދ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ތިނަދޫ ޑަބްލިއުޑީީސީ) އެވެ. އޮފިޝަލް ޕާޓްނަރަކީ ޔޫތު މިނިސްޓްރީ އެވެ.

މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ގޯސިޔާ، ފެނަކަ ކޯޕަރޭޝަން، ހަވަރު ސްޕޯޓްސްގެ އިތުރުން ތިނަދޫ ސްޕޯޓްސްއާއި އަކުއަ ޕެރެޑައިސްް އެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިފައިވާއިރު، ޕްރިންޓެކް އަކީ ޕްރިންޓިންގ ޕާޓްނަރ އެވެ. އިވެންޓްކާސްޓަކީ ސްޓްރީމިންގ ޕާޓްނަރ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމްތަކަށް އެރުވޭ ތަށި ސްޕޮންސަރކޮށްފައިވަނީ އަސްކަނި ސްޕޯޓްސް އިންނެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންނަކީ ހުވަދޫ ސްވިމިންގ ކްލަބާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން ތިނަދޫ ސްޓޭޑިއަމް އެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާއިރު ދިމާވެދާނެ ސިއްޙީ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ވަނީ އެމެޖެންސީ ސާވިސް ޕާޓްނަރަކަށް ހަމަޖައްސާފައެވެ.

މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 7،000ރ. ގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު ރަނައަޕް ޓީމަށް 4،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ