logoEN
cocacola
އެސްޓީއޯ ޖީބީސީ 2022 - ކުޅުނު ތިން މެޗުންވެސް މޮޅުވެ އައުޓްލޯޒްއިން ފައިނަލް ކަށަވަރުކޮށްފި

އެސްޓީއޯ ޖީބީސީ 2022 - ކުޅުނު ތިން މެޗުންވެސް މޮޅުވެ އައުޓްލޯޒްއިން ފައިނަލް ކަށަވަރުކޮށްފި

# ކުޅިވަރު# ގާފު ސްޕޯޓްސް# ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022# އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް

TEN03970

އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022ގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، މުބާރާތުގެ ފައިނަލުގައި ކުޅުމުގެ ފުރުސަތު އައުޓްލޯޒް އިން ކަށަވަރުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގެ ފުރަތަމަ ރޭ އައުޓްލޯޒް ބައްދަލުކުރީ ރޮކެޓް ރައިޑާސް އާއެވެ. އައުޓްލޯޒްއިން އެ މެޗު ކާމިޔާބުކުރީ މެޗުގެ ތިން ޓައިވެސް ކާމިޔާބުކޮށް 3-0ގެ ނަތީޖާއަކުންނެވެ. އެ ޓީމު ދެވަނައަށް ކުޅުނީ ހަވަރު ސްޕޯޓްސްއާ ދެކޮޅަށެވެ. އައުޓްލޯޒް އިން އެ މެޗު ކާމިޔާބުކުރީ މެޗުގެ ތިން ޓައިވެސް ކާމިޔާބުކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

އައުޓްލޯޒް މިރޭ ބައްދަލުކުރީ ފެންޓާސްޓިކް ފޯ އާ އެވެ. މިރޭގެ މެޗުގެ ފުރަތަމަ ޑަބަލްްސްގެ ޓައިގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިފައިވާއިރު އައުޓްލޯޒް އިން އެ ޓައި ކާމިޔާބުކުރީ ދެ ސެޓުންވެސް މޮޅުވެގެންނެވެ. ދެވަނަ ޓައިގައި ސިންގަލްސްގެ މެޗް ކުޅުނު އިރު، އެ ޓައިގެ ދެ ސެޓުވެސް ކާމިޔާބު ކުރީ އައުޓްލޯޒް އިންނެވެ.

ފެންޓާސްޓިކް ފޯއާއި އައުޓްލޯޒް ބައްދަލުކުރި މެޗުގެ ދެވަނަ ޑަބަލްސް ޓައި އިންވެސް އައުޓްލޯޒް މޮޅުވީ ކުޅުނު ދެ ސެޓުންވެސް ނަތީޖާ ނެރެގެންނެވެ. މި މެޗު އައުޓްލޯޒް ކާމިޔާބުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގައި އަންހެން ކެޓެގަރީގެ ތިން ޓީމަކާއި ފިރިހެން ކެޓެގަރީގެ ފަސް ޓީމަކުން ބައިވެރިވެފައިވެއެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ 10 އޭޕްރީލް އިން ފެށިގެން 15 އޭޕްރީލްގެ ނިޔަލަށް ކޮންމެ ރެއެއްގެ 21:00 އިން ފެށިގެންނެވެ. މި މުބާރާތުގެ މެޗުތައް ގާފު ފޭސްބުކް ޕޭޖުގައި އިވެންޓްކާސްޓް މޯލްޑިވްސް މެދުވެރިކޮށް ލައިވް ކުރާނެއެވެ.

ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ލޯންޗު ކުރެވި، ގާފު މީޑިއާ ގްރޫޕްގެ "ގާފު ސްޕޯޓްސް"ގެ ދަށުން ހިންގޭ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ އެސްޓީއޯ އެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކަށް ވެލްކޯ ހަމަޖެހިފައިވާއިރު މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުންނަކީ ގދ. އަތޮޅު ކައުންސިލާއި، ގދ. ތިނަދޫ ކައުންސިލްގެ އިތުރުން ގދ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ތިނަދޫ ޑަބްލިއުޑީީސީ) އެވެ. އޮފިޝަލް ޕާޓްނަރަކީ ޔޫތު މިނިސްޓްރީ އެވެ.

މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ގޯސިޔާ، ފެނަކަ ކޯޕަރޭޝަން، ހަވަރު ސްޕޯޓްސްގެ އިތުރުން ތިނަދޫ ސްޕޯޓްސްއާއި އަކުއަ ޕެރެޑައިސްް އެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިފައިވާއިރު، ޕްރިންޓެކް އަކީ ޕްރިންޓިންގ ޕާޓްނަރ އެވެ. އިވެންޓްކާސްޓަކީ ސްޓްރީމިންގ ޕާޓްނަރ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމްތަކަށް އެރުވޭ ތަށި ސްޕޮންސަރކޮށްފައިވަނީ އަސްކަނި ސްޕޯޓްސް އިންނެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންނަކީ ހުވަދޫ ސްވިމިންގ ކްލަބާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން ތިނަދޫ ސްޓޭޑިއަމް އެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާއިރު ދިމާވެދާނެ ސިއްޙީ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ވަނީ އެމެޖެންސީ ސާވިސް ޕާޓްނަރަކަށް ހަމަޖައްސާފައެވެ.

މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 7،000ރ. ގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު ރަނައަޕް ޓީމަށް 4،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ