logoEN
cocacola

އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022ގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ގަދަފަދަ ވިންދު ޓީމްގެ މައްޗަށް ކުރި ހޯދައި، އައުޓްލޯޒް ޓީމުން ކުރި ހޯދައިފިއެވެ.

ގޮސިޔާ

މިރޭ ކުޅުނު މެޗަކީ މި މުބާރާތުގައި ވިންދު ޓީމު ކުޅުނު ތިން ވަނަ މެޗެވެ. އަދި އައުޓްލޯޒްގެ ހަތަރުވަނަ މެޗެވެ. އައުޓްލޯޒް އަދި ވިންދު ބައްދަލުކުރި މެޗުގައި ފުރަތަމަ ކުޅުނީ ފަސްޓް ޑަބަލްސް އެވެ. އެ ޓައިއިން ވިންދު މޮޅުވީ ކުޅުނު ދެ ސެޓުވެސް ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ދެވަނަ ޓައިގައި ސިންގަލްސް މެޗެއް ކުޅުނު އިރު އެ މެޗު އައުޓްލޯޒް އިން ކާމިޔާބުކުރީ ފަސޭހަކަމާއެކު ކުޅުނު ދެ ސެޓުވެސް ކާމިޔާބުކޮށްގެންނެވެ. މެޗުގެ ތިންވަނަ ޓައިގައި ސެކަންޑް ޑަބަލްސް މެޗު ކުޅެފައިވާއިރު، އެ މެޗުގައި ވެސް އައުޓްލޯޒް ކުރި ހޯދީ ފަސޭހަކަމާއެކުއެވެ. މި މެޗު ނިމިގެން ދިޔައީ 1-2 ގެ ނަތީޖާއަކުން އައުޓްލޯޒް މޮޅުވެގެންނެވެ.

މި މުބާރާތުގައި އަންހެން ކެޓެގަރީގެ ތިން ޓީމަކާއި ފިރިހެން ކެޓެގަރީގެ ފަސް ޓީމަކުން ބައިވެރިވެފައިވެއެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ 10 އޭޕްރީލް އިން ފެށިގެން 15 އޭޕްރީލްގެ ނިޔަލަށް ކޮންމެ ރެއެއްގެ 21:00 އިން ފެށިގެންނެވެ. މި މުބާރާތުގެ މެޗުތައް ގާފު ފޭސްބުކް ޕޭޖުގައި އިވެންޓްކާސްޓް މޯލްޑިވްސް މެދުވެރިކޮށް ލައިވް ކުރާނެއެވެ.

ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ލޯންޗު ކުރެވި، ގާފު މީޑިއާ ގްރޫޕްގެ "ގާފު ސްޕޯޓްސް"ގެ ދަށުން ހިންގޭ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ އެސްޓީއޯ އެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކަށް ވެލްކޯ ހަމަޖެހިފައިވާއިރު މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުންނަކީ ގދ. އަތޮޅު ކައުންސިލާއި، ގދ. ތިނަދޫ ކައުންސިލްގެ އިތުރުން ގދ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ތިނަދޫ ޑަބްލިއުޑީީސީ) އެވެ. އޮފިޝަލް ޕާޓްނަރަކީ ޔޫތު މިނިސްޓްރީ އެވެ.

މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ގޯސިޔާ، ފެނަކަ ކޯޕަރޭޝަން، ހަވަރު ސްޕޯޓްސްގެ އިތުރުން ތިނަދޫ ސްޕޯޓްސްއާއި އަކުއަ ޕެރެޑައިސްް އެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިފައިވާއިރު، ޕްރިންޓެކް އަކީ ޕްރިންޓިންގ ޕާޓްނަރ އެވެ. އިވެންޓްކާސްޓަކީ ސްޓްރީމިންގ ޕާޓްނަރ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމްތަކަށް އެރުވޭ ތަށި ސްޕޮންސަރކޮށްފައިވަނީ އަސްކަނި ސްޕޯޓްސް އިންނެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންނަކީ ހުވަދޫ ސްވިމިންގ ކްލަބާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން ތިނަދޫ ސްޓޭޑިއަމް އެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާއިރު ދިމާވެދާނެ ސިއްޙީ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ވަނީ އެމެޖެންސީ ސާވިސް ޕާޓްނަރަކަށް ހަމަޖައްސާފައެވެ.

މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 7،000ރ. ގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު ރަނައަޕް ޓީމަށް 4،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ