
އެސްޓީއޯ ޖީބީސީ 2022 - ރޮކެޓްރައިޑާސްގެ މައްޗަށް ކުރިހޯދައި ވިންދު ފައިނަލަށް
# ކުޅިވަރު# ގާފު ސްޕޯޓްސް# ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022# އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕްTEN05539
އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022ގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ރޮކެޓް ރައިޑާސްގެ މައްޗަށް ވިންދު ޓީމުން ކުރި ހޯދައި ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި އެވެ.

މިރޭ ކުޅުނު މެޗަކީ މި މުބާރާތުގައި ވިންދު ޓީމު ކުޅުނު ހަތަރު ވަނަ މެޗެވެ. އަދި ރޮކެޓް ރައިޑާސްގެވެސް ހަތަރުވަނަ މެވެޗެ. ވިންދު އަދި ރޮކެޓްރައިޑާސް ބައްދަލުކުރި މެޗުގައި ފުރަތަމަ ކުޅުނީ ފަސްޓް ޑަބަލްސް އެވެ. އެ ޓައިއިން ވިންދު މޮޅުވީ ކުޅުނު ދެ ސެޓުވެސް ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ދެވަނަ ޓައިގައި ސިންގަލްސް މެޗެއް ކުޅުނު އިރު އެ މެޗުގައި ވިންދު މޮޅުވީ ކުޅުނު ދެ ސެޓުވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ތިންވަނަ ޓައިގައި ސެކަންޑް ޑަބަލްސް މެޗު ކުޅެފައިވާއިރު، އެ މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ރޮކެޓްރައިޑާސް އިންނެވެ. މި މެޗު ނިމިގެން ދިޔައީ 1-2 ގެ ނަތީޖާއަކުން ވިންދު މޮޅުވެގެންނެވެ.
މި މުބާރާތުގައި އަންހެން ކެޓެގަރީގެ ތިން ޓީމަކާއި ފިރިހެން ކެޓެގަރީގެ ފަސް ޓީމަކުން ބައިވެރިވެފައިވެއެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ 10 އޭޕްރީލް އިން ފެށިގެން 15 އޭޕްރީލްގެ ނިޔަލަށް ކޮންމެ ރެއެއްގެ 21:00 އިން ފެށިގެންނެވެ. މި މުބާރާތުގެ މެޗުތައް ގާފު ފޭސްބުކް ޕޭޖުގައި އިވެންޓްކާސްޓް މޯލްޑިވްސް މެދުވެރިކޮށް ލައިވް ކުރާނެއެވެ.
މި މުބާރާތުގެ ފައިނަލް މެޗު މާދާމާ ކުޅޭ އިރު ފިރިހެން ކެޓަގަރީން ފައިނަލުގައި ބައްދަލުކުރާނީ އައުޓްލޯޒް އާއި ވިންދު ޓީމެވެ.
ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ލޯންޗު ކުރެވި، ގާފު މީޑިއާ ގްރޫޕްގެ "ގާފު ސްޕޯޓްސް"ގެ ދަށުން ހިންގޭ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ އެސްޓީއޯ އެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކަށް ވެލްކޯ ހަމަޖެހިފައިވާއިރު މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުންނަކީ ގދ. އަތޮޅު ކައުންސިލާއި، ގދ. ތިނަދޫ ކައުންސިލްގެ އިތުރުން ގދ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ތިނަދޫ ޑަބްލިއުޑީީސީ) އެވެ. އޮފިޝަލް ޕާޓްނަރަކީ ޔޫތު މިނިސްޓްރީ އެވެ.
މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ގޯސިޔާ، ފެނަކަ ކޯޕަރޭޝަން، ހަވަރު ސްޕޯޓްސްގެ އިތުރުން ތިނަދޫ ސްޕޯޓްސްއާއި އަކުއަ ޕެރެޑައިސްް އެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިފައިވާއިރު، ޕްރިންޓެކް އަކީ ޕްރިންޓިންގ ޕާޓްނަރ އެވެ. އިވެންޓްކާސްޓަކީ ސްޓްރީމިންގ ޕާޓްނަރ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމްތަކަށް އެރުވޭ ތަށި ސްޕޮންސަރކޮށްފައިވަނީ އަސްކަނި ސްޕޯޓްސް އިންނެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންނަކީ ހުވަދޫ ސްވިމިންގ ކްލަބާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން ތިނަދޫ ސްޓޭޑިއަމް އެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާއިރު ދިމާވެދާނެ ސިއްޙީ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ވަނީ އެމެޖެންސީ ސާވިސް ޕާޓްނަރަކަށް ހަމަޖައްސާފައެވެ.
މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 7،000ރ. ގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު ރަނައަޕް ޓީމަށް 4،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ.