
FDHxAZ3VIAICwr9
އެސްޓިއޯއިން ކޮންމެ މަހަކުވެސް ކުރިޔަށް ގެންދާ އެސްޓީއޯ ވައިލްޑް ލައިފް ކޮންސަވޭޝަން ޑްރޮވިން ކޮމްޕެޓިޝަންގެ މިމަހުގެ ޗެލެންޗް މިހާރު ވަނީ ފަށާފައި އެވެ.

އަގުބޮޑު އިނާމުތަކެއް ލިބޭ ގޮތަށް އެސްޓީއޯ އިން އިންތިޒާމްކުރާ ކުރެހުމުގެ މުބާރާތުގެ ނޮވެމްބަރު މަސް ހާއްސަކޮށްފައި ވަނީ ބޮޑު ބުޅިތުނބިއަށެވެ. އަދި މިފަހަރުގެ ސުންގަޑިއަކީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.
މި މުބާރާތުގައި ކޮންމެ މީހަކަށް ވެސް ބޭނުން ވައްތަރެއްގެ އާޓް މީޑިއަމެއް ބޭނުންކޮށްގެން ކުރެހުމުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ކުރެހުން ކުރަހަން ޖެހޭނީ ކަޅު ނުވަތަ ހުދު ކުލައިގެ ކެންވަސްއެއްގަ އެވެ. އަދި ކުރެހުން ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުމަށް ފަހު އެސްޓީއޯގެ އެކައުންޓާއެކު DhivehiDhirumaaiSTO# ހޭޝްޓެގް ބޭނުން ކުރަން ޖެހޭނެ އެވެ.
އެސްޓީއޯ އިން ބުނީ، މި މުބާރާތަށް ހުށަހަޅާ ކުރެހުން ވާން ޖެހޭނީ އެ މީހެއްގެ އަމިއްލަ ކުރެހުމަކަށް ކަމަށެވެ. އަދި ކޮންމެ އެކައުންޓަކުން ވެސް ކޮންމެ މަހަކު ހުށަހެޅޭނީ އެއް ކުރެހުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މިގޮތަށް ހުށަހަޅާ ކުރެހުންތަކުގެ ތެރެއިން ކުރެހުމުގެ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރުންގެ ޕެނަލަކުން ކޮންމެ މަހަކު އެންމެ ފާހަގަކޮށްލެވޭ ތިން ކުރެހުމެއް ހޮވާނެ އެވެ. އަދި ވަނަ ވަނަ އަށް ހޮވޭ ކުރެހުންތަކަށް އަގުބޮޑެތި އިނާމުތަކެއް އެސްޓީއޯއިން ވަނީ ހުށަހަޅައިފަ އެވެ. ނޮވެމްބަރު މަހަށް ހުށަހަޅާފައިވާ އިނާމުތަކަކީ :
އެއްވަނަ: އޮޓޯ ދޮންނަމެޝިން
ދެވަނަ: އޭސީ
ތިންވަނަ: ވެކިއުމް ކްލީނަރ
މިއަހަރުގެ ކުރީކޮޅު އެސްޓިއޯއިން ލޯންޗްކުރި މިމުބާރާތް މުޅި އަހަރު ދުވަހަށް ކުރިއަށް ގެންދާނެ އެވެ
ގުޅުންހުރި

އެސްޓީއޯއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބުނީ 15.4 ބިލިއަން ރުފިޔާ!

ރާއްޖޭގެ ސިއްހީ ދާއިރާއަށް ތާރީހީ ދުވަހެއް: އެސްޓީއޯއިން ތަމްރީންކުރި ދިވެހި ރޭޑިއޯގްރާފަރުން ދަސްވެނިވިއްޖެ

ކާށީގެ އަގު ތިރިކުރުމަށް އެސްޓީއޯއިން ވިޔަފާރިވެރިންނަށް ކާށި އިމްޕޯޓުކޮށްދެނީ
