logoEN
cocacola
ކާޑީޒްއިން ވަރުގަދަ ބާސާ ބަލިކޮށްފި

ކާޑީޒްއިން ވަރުގަދަ ބާސާ ބަލިކޮށްފި

ގާފު އެޑިޓޯރިއަލް

logo

12/7/2020, 12:25:42 PM

# ކާޑީޒް# ބާސާ# ސްޕެނިޝް ލީގު

maxresdefault

ސްޕެނިޝް ލީގުގައި ކާޑީޒް އާއި ބާސާ ކުޅުނު މެޗުން 2-1 ގެ ތަފާތާކުން ކާޑީޒްއިން ސްޕޭނުގެ މައިބާރު ބާސެލޯނާ ބަލިކޮށްފިއެވެ.

ގޮސިޔާ

ލީގުގެ އެއް ވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ ރޭ އަމިއްލަ ދަނޑުގައި ރެއާލް ވަލޮޑޮލިޑް އަތުން 2-0 އިން ހޯދި މޮޅާ އެކު 10 މެޗުން 26 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް 11 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑާއި ހަތަރެއްގައި އޮތް ވިޔަރެއާލަށް ވަނީ 11 މެޗުން 20 ޕޮއިންޓް ލިބިފަ އެވެ. ރެއާލް ވަނީ ރޭ ކުޅުނު މެޗުން 1-0 އިން ސެވިއްޔާ ބަލިކޮށްފަ އެވެ.

މި ފަހަރު އަލަށް ޕްރޮމޯޓްވި ކާޑިޒް އިން ވަނީ މީގެ ކުރިން ލީގުގައި ރެއާލް މެޑްރިޑް ވެސް ބަލިކޮށްފަ އެވެ. ރޭ ބާސެލޯނާ އަތުން މޮޅުވިއިރު، މިއީ 1991 ވަނަ އަހަރަށް ފަހު ބާސެލޯނާ އަތުން ކާޑިޒަށް ލިބުނު ފުރަތަމަ މޮޅެވެ.

މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި ކާޑިޒަށް ލީޑުނަގައިދިނީ އަލްވާރޯ ހިމެނޭޒް އެވެ. ބާސެލޯނާ އިން އެއްވަރުކުރި ގޯލަކީ މެޗުގެ 57 ވަނަ މިނިޓްގައި ކާޑިޒްގެ ޕެޑްރޯ އަލްކާލާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކާޑިޒް މޮޅުކޮށްދިން ލަނޑު ޖެހީ މެޗުގެ 63 ވަނަ މިނިޓްގައި އަލްވާރޯ ނެގްރޭޑޯ އެވެ. ކުރިން މެންޗެސްޓާ ސިޓީ އަށް ކުޅުނު ނެގްރޭޑޯ މި ގޯލު ޖެހީ ބާސެލޯނާ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައިގެންނެވެ. .

ބާސެލޯނާ އިން ރޭގެ މެޗުގައި ފޮނުވާލި 21 ޝޮޓްގެ ތެރެއިން 10 ހަމަލާ ފޮނުވާލީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. އޭގެ ތެރެއިން ފަސް ބޯޅަ ހުއްޓުވީ ކާޑިޒް ކީޕަރު ޖެރެމައިސް ލެޑެސްމާ އެވެ.

ކުޅުނު 10 މެޗުން ލިބުނު 14 ޕޮއިންޓާ އެކު ބާސެލޯނާ އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ އާއި ބާސެލޯނާއާ ދެމެދު 12 ޕޮއިންޓުގެ ފަރަގެއް އޮތްއިރު، ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ލީގު ހޯދުމުގެ ރޭހުގައި އެ ޓީމަށް މިހާރު ޕްރެޝަރު ބޮޑުވެފައިވާ ކަމަށެވެ.

ތިން މެޗަށް ފަހު ލީގުގައި ރެއާލުން ފުރަތަމަ ފަހަރަށް ރޭ މޮޅެއް ހޯދިއިރު، އެ ޓީމުން ޖެހި ގޯލަކީ ސެވިއްޔާގެ ކީޕަރު ޔަސީން ބޯނޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ 1991 ވަނަ އަހަރަށް ފަހު ސްޕެނިޝް ލީގުގައި ކީޕަރެއް އަތުން ބައިކޮޅަށް ގޯލެއް ވަން ފުރަތަމަ ފަހަރެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ މި ކަހަލަ އުނދަގޫ މެޗުތަކުން މޮޅުވުމަކީ ލީގުގައި ކުރިއަށްދާން ބޭނުންވާ އިތުބާރަށް މުހިއްމު ކަމެއް ކަމަށެވެ.

.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ