
_DSC4653
ރާއްޖޭގައި ކަރަންޓީން ވާން ޖެހޭ މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރު ކުރަން ސަރުކާރުން ނިންމައިފައިވާ ކަމަށް އަޑުފެތުރެން ފަށައިފި އެވެ.

މި ބަދަލު ގެނައިކަން ހެލްތް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއި ސަރުކާރުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ސޯލިހަށާއި ޓުއަރިޒަމް މިނިސްޓަރ މައުސޫމް އަށް ކަރަންޓީން މުއްދަތު ކުރުކޮޮށްދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި ޓުވީޓު ޓުއަރިޒަމް މިނިސްޓަރ މައުސޫމް ވަނި ރިޓުވީޓްވެެސް ކުރައްވާފައެވެ.
ރާއްޖޭގެ އޮންލައިން ނޫހެެއް ކަމުގައިވާ " އަވަސް އޮންލައިން " އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ބަދަލު ގެންނަން ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގެން ރޭ ބޭއްވި ސިއްހީ ދާއިރާގެ އިސް ބޭފުޅުންގެ ބައްދަލުވުގަ އެވެ. ރައީސްގެެ މަޝްވަރާތައް ނިންމަވާ ލެއްވުމުގެ ގޮތުން ވަނީ ރާއްޖޭގެ ކަރަންޓީން މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރު ކުރަން ނިންމާފައި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑުން ރަނގަޅު ނުވެ ތިބީ 1019 މީހުންނެވެ. މިހާތަނަށް 11،939 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. ކޮވިޑްގައި 47 މީހަކު ވަނީ މަރުވެފަ އެވެ.