ޝުޖާއު: ރައީސް ޔާމީނަށް އިއްވާފައިވަނީ ސީދާ "ޙަރާމް" ހުކުމެއް!

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ހަރާމް ހުކުމެއް ކަމަށް ޕީއެންސީގެ ނައީބު ރައީސް އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ބާރަށު ދާއިރާގެ ކުރީގެ މެމްބަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުކާއި ދައުލަތުން އުފުލި ދައުވާކާއި ދިމަލެއް ނުވާ ކަމަށެވެ.

ކުރީގެ ރައީސް، ޔާމީންގެ މައްޗަށް ހުކުމް އިއްވީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް ބަދަލުކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން ޝުޖާއު ފާހަގަ ކޮށްފައިވަނީ އެއީ " ހަރާމް ހުކުމުގެ ހަދިޔާ " ކަމަށެވެ. އަދި ހަމަ އެހެންމެ ޝުޖާއު ފާހަގަ ކުރެއްވި ގޮތުގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދަށް މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައި ނުހުރެވޭނެއެވެ.

ގާޒީ އަލީ ރަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޝުޖާއު ފާހަގަ ކުރި ގޮތުގައި އަލީ ރަޝީދަކީ " ގުއި ހޭކިފައިވާ ފަނޑީޔާރެއް" ކަމަށާއި އަދި އަލީ ރަޝީދަކީ " މުޅި ސުޕްރީމް ކޯޓަށް ހުރި ބޮޑުވެގެންވާ ހުތުރެއް ކަމުގައެވެ".

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ޖަލަށްލިތާ އަހަރެއް ވީއިރު، އެކަމާއި ގުޅިގެން ޕީޕީއެމް އަދި ރައީސް ޔާމީންގެ ސަޕޯޓަރުން ދަނީ ވަރަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި ހަމަ އެހެންމެ، ކަނޑުމަތީގައި މުޒާހަރާއެއްވެސް ކުރަމުން ދެއެވެ. ރައީސް ޔާމިން ގެންދަވަނީ 5 އަހަރުގެ ޖަލުހުކުމެއް މާފުށީ ޖަލުގައި ތަންފީޒުކުރަމުންނެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް