ފުވައްމުލަކާއި ހުވަދޫ ބާކީކޮށްގެން ސަރަހައްދީ ތަރައްގީއެއް ނުގެނެވޭނެ – ސަނީފް

ސަރަހައްދީ ތަރައްގީއަކީ ގުޅިގެން ގެނެވޭނެ އެއްޗެއް ކަމަށާއި، ފުވައްމުލަކާއި ހުވަދޫ ބާކީކޮށްގެން އެކަން ނުކުރެވޭނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.

ސަނީފް މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި އޭނާ ވިދާޅުވީ ސަރަހައްދީ ތަރައްގީއާ ގުޅިގެން ހުވަދު އަތޮޅުގެ ރައްޔިތުން ވާހަކަ ދައްކާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި ސަރަހައްދީ ތަރައްގީ އަކީ ވަކި ބަޔަކު ބާކީކޮށްގެން ގެނެވޭނެ އެއްޗެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަނީފް މިފަދަ ޓްވީޓެއް ކޮށްފައިވަނީ ދާދިފަހުން މުޅި މަޖިލީހުގެ ކޮމިޓީގައި ބަހުސް ކުރަމުން، ހުވަދޫ އަތޮޅަށް އެއާޕޯޓެއް މުހިއްމު ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަށް ބާރު ދެމުންނެވެ. މުޅި މަޖިލީހުގެ ކޮމިޓީގައި ޓުއަރިޒަމް ބިލަށް ބަހުސް ކުރަމުން ސަނީފު ވިދާޅުވިގޮތުގައި ހުވަދޫ އަތޮޅަށް އަންނަ ފަތުރުވެރިން ސިދާ ހުވަދު އަތޮޮޅުގެ އެއާޕޯޓު ތަކުގައި ނުޖެއްސޭޭ ނަމަ ދެކުނުގެ ފަތުރުވެރިކަން ތަރައްގީ ނުވާނެކަމަށެވެ. އަދި ހުވަދު އަތޮޅުގެ ވަސީލަތްތަކުން އެހެން ބަޔަކަށް މަންފާއާއި ނަފާ ލިބޭތަން ހުވަދޫ ރައްޔިތުން މިފަހަރު ބަލަން ނުތިބޭނެ ކަމަށްވެެސް ސަނީފު ވަނީ ވިދާޅުވެފައެވެ.

އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރިޔަސް ފަތުރުވެރިކަން ތަރައްގީ ނުކުރެވޭނެ ކަމަށާއި ތަރައްގީ ކުރެވޭނީ ގުދުރަތީ ވަސީލަތްތަށް ހުރި ތަނެއްގައި ކަމަށް ސަނީފު ވިދާޅުވިއެވެ. އަދި ހުވަދު އަތޮޅުގައި ވަސީލަތްތަށް އެބަހުރި ކަމަށާއި ހުވަދު އަތޮޅަށް ބޭރުން އަންނަ ފްލައިޓްތަށް ޖެެއްސޭނެ ކޮންމެވެސް ގޮޮތެެއް ފަހި ކޮޮށްދީ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހުވަދު އަތޮޅަށް ފުރުސަތު ދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން ސަނީފު ވަނީ އެދިފައެވެ.

ސަނީފު އިތުރަށް ފަހަގަކުރެއްވި ގޮތުގައި ހުވަދު އަތޮޅުގައި މިވަގުތު 12 ރަށް ފަތުރުވެރިކަމަށް އޮޕަރޭޝަންގައި އޮތް އިރު، އިތުރު 3 ރަށެއްގެ މަސައްކަތްވަނީ ނިމުމަކާއި ގާތުގައެވެ. މި އާއި އެކު ފަތުރުވެރިކަމަށް ހުވަދު އަތޮޅުގައި އޮތް ރަށްތަކަށް މިވަގުތުވެސް އިންޓަނޭޝަނަލް އެއާޕޯޓެއް ބޭނުންވާއިރު ފަތުރުވެރިކަމަށް އައްޑޫއާއި ލާމު އަތޮޅަށް ލިބުމަކީ ފަތުރުވެރިކަން ދެކޮޮޅު ޖެހޭ ގޮތަކަށް ތަރައްގީ ކުރެވޭނެެ ގޮތެއް ނޫންކަމަށެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް