
1FAA74ED-373E-4A5F-8AA4-ECB8114622DE
ގދ. މަޑަވެލީގައި ކުރިއަށްދާ ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު ހުއްޓުވައިފިއެވެ.

އެ މަޝްރޫއު ހުއްޓުވާފައިވަނީ އެ މަސައްކަތުގެ އެއްބަސްވުމާ ޚިލާފަށް މަސައްކަތްކޮށްފައިވާތީއެވެ. އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނާއެވެ.
އެކުންފުންޏަށް މަސައްކަތް އެވޯޑުކޮށް، މަޑަވެލި ކައުންސިލާއެކު ވެފައިވާ އެއްބަސްވުމުގައިވަނީ ނަރުދަމާ އެޅުމަށްޓަކައި މަގު ކޮންނަން ޖެހޭނީ ފެނަކަ ކޯޕަރޭޝަންގެ މަޑަވެލި ބްރާންޗާއި އެ ރަށުގައި ކޭބަލް ޓީވީގެ ޚިދުމަތްދޭ ފަރާތުގެ ބެލުމުގެ ދަށުން ކަމަށެވެ. އެ ރަށު ކައުންސިލުން ބުނެފައިވާ ގޮތުން އެ މަސައްކަތް ހުއްޓުވާފައިވަނީ އެސްޖޭ ކުންފުނިން މަގު ކޮނެފައިވަނީ އެއްބަސްވުމުގައި ބަޔާން ކުރާ ފަރާތްތަކަށް އެންގުމަކާ ނުލައި އެކުންފުނިން އަމިއްލައަށް ކަމަށްވާތީއެވެ.
“ފެނަކަ ކޯޕަރޭޝަން މަޑަވެލި ބްރާންޗުގެ ޣައިރު ހާޟިރުގައި މަގު ކޮންނަމުންދާކަން އެކުންފުނިން ކައުންސިލްގައި ދެންނެވުމާ ގުޅިގެން ކައުންސިލުން އެކަން ބެލި ބެލުމުން އެކަން ކަށަވަރުވެފައިވާތީ އާއި މަގުގައި ކޮންނަމުންދާ ކޯރުތަކުގައި ހުންނަ ފެން ކައިރީގައި ހުރި ފަޅު ގޯތިތަކަށް އެ ގޯތީގެ ވެރި ފަރާތުގެ ހުއްދައަކާ ނުލައި ފެން ހުސްކުރަމުންދާކަމުގެ ޝަކުވާ މި އިދާރާއަށް ލިބެމުންދާތީ އެކަން ބެލުމަށްފަހު އެފަރާތަށް ދެވިފައިވާ ހުއްދަ މިވަނީ ބާތިލް ކުރެވިފައެވެ.” މަޑަވެލި ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.
އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެ ހުއްދަ ބާތިލްކޮށްފައިވަނީ 24 ނޮވެމްބަރު 2020 އިން ފެށިގެންނެވެ.
ގުޅުންހުރި

މަޑަވެލި އަދި ހޯޑެއްދޫ ޒަމާނީ ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމްޓީސީސީއިން ފަށައިފި

މަޑަވެލި ކައުންސިލްގެ މެމްބަރުންގެ ފަރާތުން އުނދަގޫ ކުރިމަތިވެ މަސައްކަތްކުރަން ދަތިވުމުން އެސްޖީ އިސްތިއުފާދީފި

މަޑަވެލި ފުޓްސަލް ދަނޑު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނުކޮށްފި
