އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީއިން ކުރިއަށްގެންދާ " އޭއެފްސީ ބްރެކެޓް ޗެލެންޖް " ގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގްގެ ގޯލު ސެމީ ފައިނަލްގެ ކުރިމަތިލުމުން މޮޅުވެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ސެމީފައިނަލްގައި އަޝްފާގް ވާދަކުރީ ވިއެޓްނާމްގެ ވިއެޓްނާމްގެ ގުޔެން ގުއެންޑް ހައިއާއިއެވެ. ސެމީފައިނަލްގައިވެސް އަޝްފާގް ކުރިހޯދިއިރު، އަޝްފާގްކުރި ހޯދީ 54.68 ގެ އިންސައްތައަކުންނެވެ. ވިއެޓްނާމްގެ ގުޔެން ގުއެންޑް ހައިއާއި އަށް ލިބިފައިވަނީ 45.32 އިންސައްތަ ވޯޓެވެ.
މިޗެލެންޖުގައި ހޮވިފައިވާ އަޝްފާގްގެ ގޯލަކީ 2013 ވަނަ އަހަރު އޭއެފްސީކަޕުގައި އިންޑޮނޭޝިޔާގެ ޕާސިބޯގެ މައްޗަށް 0-7 އިން ނިއުރޭޑިއަންޓްް މޮޅުވި މެޗްގައި ދަގަނޑޭޖެހި ހިތްގައިމު، ހުނަރުވެރި ސޯލޯ ގޯލެވެ. މިގޯލަކީ އިދިކޮޅު ޓީމުގެ މުޅި ޑިފެންސް ފޫއެޅުވުމަށްފަހު އަޝްފާގްޖެހި ރީތިގޯލެކެވެ.
ފައިނަލްގައި އަޝްފާގް ވާދަކުރަން ހަމަޖެހިފައިވަނީ ހޮންގ ކޮންގްގެ ސައުތް ޗައިނާ ކްލަބަށް ކުޅެމުން އަންނަ ޗޭން ސިއު އާއެވެ. ފައިނަލް ބުރު އޮންނާނީ 25 ނޮވެމްބަރު ވާ ބުދަދުވަހު އެެވެ.
ދަގަނޑޭ އަަށް ކުރި ހޯދައިދިނުމަށް އެތަކެއް ދިވެހިންވަނީ ގަދައަޅައި މަސައްކަަތްކޮށްފައެވެ. އެގޮތުން މުޅި ދުނިޔެއަށް ދިވެހީންގެ އެއްބައިވަންތަކައި ހާމަކޮށް، ދިވެހީންވަނީ އެކުވެރިކަމުގެ މިސާލު މުޅި ދުނިޔެއަށް ހާމަކޮށްފައެވެ. މުޅި މީސްމީޑީޔާ އަދި ނިއުސްޕްލެޓްފޯރމްތަކުގައި އަޝްފާގްއަށް ވޯޓުހޯދުމަށް ބޮޑެތި ކެމްޕެއިންތަށް ހިންގާ މުޅި ގައުމު އެކައްޗެއްގެ ގޮތުގައު ގައުމީ ބަތަލާއި އެކު ތެދުވިއެވެ. އަދި ހަމަ އެހެންމެ، ބޮޑު ވައިބަރ ކޮމިއިނިޓީއެއްވެސް ވަނީ "ޓީމް އަޝްފާގް"ގެ ނަމުގައި އުފައްދާފައެވެ.
ދެން އޮތީ އެންމެ ފަހުބުރުކަމަށްވާ ފައިނަލްއެވެ. އަބަދުމެ އެކުވެރިކަންމަތީ ތިބެފިނަމަ ޔަގީނުންވެސް މިއީ " އަހަރުމެންގެ ފަހަރެވެ".