logoEN
Sto top
އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފްލޫ ކްލިނިކްގެ ޚިދުމަތް ދިނުމަށް ނިންމައިފި

އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފްލޫ ކްލިނިކްގެ ޚިދުމަތް ދިނުމަށް ނިންމައިފި

# ކޮވިޑް-19# ފްލޫ ކްލިނިކް

Senahiya-Flu-Clinic

މާލެ ސަރަހައްދުގައި ހިންގާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފްލޫ ކްލިނިކްގެ ޚިދުމަތް ދިނުމަށް ނިންމައިފިއެވެ.

Wamco

ހެލްތް މިނިސްޓްރީން ބުނީ މާލޭ ސަރަހައްދުގައި އަރިދަފުސް ރޯގާ އަދި ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުންދާތީ، އާސަންދަ ޚިދުމަތް ފޯރުކޮށްދިނުމަށް ރަޖިސްޓްރީވެފައިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފްލޫ ކްލިނިކް ހިންގުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ، އަލަށް ހުއްދަދެވުނު މި ފްލޫ ކްލިނިކްތައް ހިންގަންވާނީ މިނިސްޓްރީ އޮފް ހެލްތުންނާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅާ ފްލޫ ކްލިނިކްތަކުގައި ހުންނަންޖެހޭ ރިކުއަރމަންޓްތަކާއި ފްލޫ ކްލިނިކް ހިންގުމަށް ކަނޑައަޅާ ގައިޑްލައިންނާ އެއްގޮތްވާ ގޮތަށް ކަމަށެވެ.

ހެލްތް މިނިސްޓްރީން ބުނީ ކްލިނިކްތަކުން ޚިދުމަތް ދޭން ވާނީ މިކަމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކުގައި ކަމަށެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތައް މިނިސްޓްރީގެ [email protected] އީމެއިލަށް 25 މެއި 2021 ވާ އަންގާރަ ދުވަހުގެ ކުރިން އީމެއިލްކުރުމަށް ވަނީ އަންގާފައެވެ.

މާލެ ސަރަހައްދުގައި ހިންގާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފްލޫ ކްލިނިކްގެ ޚިދުމަތް ދިނުމުގެ ހުއްދަ ސަރުކާރުން ދޭން ނިންމާފައިވާއިރު، މުޅި ރާއްޖޭގައިވެސް ކޮވިޑް-19ގެ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. ކޮވިޑް-19ގެ ހަތަރުވަނަ ރާޅާއެކު ކޮންމެ ދުވަހަކު ގިނަ ބަޔަކު ދަނީ ފައްސިވަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside