logoEN
cocacola
ގާފު ރެސިޕީ: ލެމަން ޕައި

ގާފު ރެސިޕީ: ލެމަން ޕައި

އަހުމަދު ޝުރާއު

logo

5/4/2021, 11:45:47 AM

# ގާފު ރެސިޕީ

photo_2021-05-04 05.59.50

ގާފު ރެސިޕީއެއްގެ ގޮތުގައި މިއަދު މިގެނެސްދެނީ ލެމަން ޕައި އެވެ.

ގޮސިޔާ

ބޭނުންވާނެ ތަކެތި:

1 ދަޅު ގެރިކިރު

3 ބިހުގެ ގޮބޮޅި

2 މޭޒުމަތީ ސަމުސާ ގާނާފަ ހުރި ލެމޮންގެ ތޮށި

2/1 ޖޯޑު ލެމޮން ޖޫސް

1 ޖޯޑު ވިޕިން ކުރީމް

3 މޭޒުމަތީ ސަމުސާ ހަކުރު

ޕައި ފުށްގަނޑު ހެދުމަށް

12 މޭޒުމަތީ ސަމުސާ ބަޓަރު

3 ޖޯޑު ފުށް

1 މޭޒުމަތީ ސަމުސާ ލޮނު

1 މޭޒުމަތީ ސަމުސާ ހަކުރު

3/1 މާޖިރިން ނުވަތަ ވެޖެޓަބަލް ޝޯޓެނިން

6 މޭޒުމަތީ ސަމުސާ ފިނިކުރި ފެން

ތައްޔާރުކުރާނެ ގޮތް:

ޕައި ފުށްގަނޑު ހެއްދެވުމަށް ޕައި ފުށް ގަނޑަށް ބޭނުންވާ ތަކެތި އެއްކޮށްލުމަށްފަހު އައިސްއަލަމާރީގައި 30 މިނެޓް ވަންދެން ބަހައްޓާށެވެ.

ޕައި ފުށްގަނޑު އައިސް އަލަމާރީން ނެގުމަށް ފަހު ބޭކިން ޓުރޭގައި ފަތުރާލާށެވެ. ( ހުރިހާ ފަރާތެއްވެސް ރަނގަޅަށް ފޮރުވޭވަރަށް ފުށްގަނޑު އަޅާލަންވާނެ.)

ގެރިކިރު،ހަކުރު،ބިހުގެ ގޮބޮޅި،ގާނާފަ ހުރި ލެމޮން ތޮށި އަދި ލެމޮން ޖޫސް މިކްސަރުގައި ގިރާލާށެވެ.

ރަނގަޅަށް ގިރާލެވުމުން ޕައި ޓުރޭގެ ތެރެއަށް އަޅުއްވާ 350 ޑިގްރީ ސެލްސިއަސް ގައި 15 މިނެޓް ވަން ފިހެލާށެވެ..

ފިހެވުމުން އަވަނުން ނަގާ، އައިސް އަލަމާރި އަށް ލެއްވުމުގެ ކުރިން ފިނިވަން ދެން ބޭރުގަ ބަހައްޓާށެވެ.

ފިނިވުމުން އައިސްއަލަމާރިން ނެގުމަށް ފަހު ވިޕް ކުރިމް، ވިޕް ކޮއްލުމަށް ފަހު ޕައި މަތީ ފަތުރާލާށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ