
181638825_10226676937334776_2541781955681843727_n
ގދ. ހޯޑެއްދޫ ބަނދަރު ހަދާ, ހެވީ ފޯސް ކުންފުނީގެ މަސައްކަތު ސައިޓަށް ބަޔަކު ގެއްލުން ދީފިއެވެ.

"ގާފު" އަށް މައުލޫމާތު ދެއްވަމުން މަޑަވެލި ދާއިރާގެ މެމްބަރު ޙުސައިން ފިރުޝާން ވިދާޅުވީ އެ ސައިޓުގެ ވަށައިގެން ޖަހާފައިވާ ފެންސަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. އަދި އެމަލަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރި ކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިއީ ވަރަށް ދެރަ އަދި އެހާމެ ދަށު ދަރަޖައިގެ އަމަލެއް. ހޯނޑެއްދޫ ބަނދަރު ހަދަން ގޮސް ތިބި މީހުންގެ ސައިޓަށް ގެއްލުން ދީގެން ވާނެ މޮޅެއް ނެތް. އަދި ނުކުންނާނެ ރަނގަޅު ނަތީޖާއެއްވެސް ނެތް. މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން" ފިރުޝާން ވިދާޅުވިއެވެ.
ފިރުޝާން ވިދާޅުވީ މީގެ ކުރިންވެސް މަޑަވެލީގައި މިފަދަ އަމަލުތައް ހިންގާފައިވާ ކަަމަށެވެ. އެގޮތުން މަޝްރޫއަކަށް ގެންގޮސްފައި އޮތް އެސްކެވޭޓަރަކަށް ގެއްލުން ދީފައިވާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފިރުޝާން ވިދާޅުވީ އެފަދަ ނާތަހުޒީބު އަމަލުތަކުން ދުރުހެލިވެ ތިބުމަށާއި ރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް ހުރަސް ނޭޅުމަށްވެސް ގޮވާލާ ކަމަށެވެ.
ގުޅުންހުރި

މުއާދުގެ ހެޓްރިކާއެކު ފަރެސްމާތޮޑާ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މަޑަވެލި ސެމީއަށް

"އާއިލީ ގުޅުން ބަދަހިކުރުން'' މައުޟޫގެ ދަށުން މަޑަވެލި ސްކޫލު ބެލެނިވެރިންނަށް މައުލޫމާތުދީފި

މަޑަވެލި ކައުންސިލް ފުޓްސަލް ފިއެސްޓާ : ޕެނަލްޓީގައި އެޓޭކާސް ބަލިކޮށް ރަސްގެފާނު ޗެންޕިއަންކަން ހޯދައިފި
