logoEN
ޕީއެންސީ 2
"ފާންތެލެ" ޕްރޮގްރާމް މިހަފްތާގައި ނުގެނެސްދޭނެ

"ފާންތެލެ" ޕްރޮގްރާމް މިހަފްތާގައި ނުގެނެސްދޭނެ

Admin

logo

5/3/2021, 10:29:58 PM

# ގާފު މީޑިއާ ގްރޫޕް# ފާންތެލެ ޕްރޮގްރާމް# ސްޓޫޑިއޯ33

Screenshot 2021-05-03 at 22.26.52

މިއަހަރުގެ ރޯދަމަހާ ދިމާކޮށް, "ގާފު" ނޫހުން ގެނެސްދޭ "ފާންތެލެ" ޕްރޮގްރާމް މިހަފްތާގައި ނުގެނެސްދޭނެ އެވެ.

ޝަރީ 2024

"ފާންތެލެ" ޕްރޮގްރާމަކީ "ސްޓޫޑިއޯ33" އާއި "ގާފު" ގުޅިގެން ރޯދަމަހުގެ ކޮންމެ ބުދަ ދުވަހެއްގެ ރޭ ގެނެސްދޭ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގެ 2 އެޕިސޯޑެއް ގާފު ފޭސްބުކް ޕޭޖުގައި ވާނީ ގެނެސްދީފައެވެ. އަދި އެ ޕްރޮގްރާމަށް ގިނަ ބައެއްގެ ސަމާލުކަންވެސް ވަނީ ހުއްޓިފައެވެ.

މިހަފްތާގެ އެޕިސޯޑާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން, ގާފު މީޑިއާ ގްރޫޕްގެ ޗީފް ޓެކްނިކަލް އޮފިސަރ އަދި ޕްރޮޑަކްޝަން މެނޭޖަރ, ޝަޖާއަތު އަޙުމަދު ވިދާޅުވީ, ކޮވިޑް19އާ ގުޅިގެން ތިނަދޫގެ ޙާލަތު ގޯސްވެފައިވާތީ މިހަފްތާގެ ޕްރޮގްރާމް ކެންސަލް ކުރީ ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ ސްޓޫޑިއޯ33 އާ މަޝްވަރާކުރުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ޝޯއަކީ ވަރަސް ގިނަ މީހުންނާ އިންޓަރެކްޓްވެ ކޮންޓެކްޓް ވެގެން ކުރިއަށް ގެންދާ ޝޯއެއް ކަމުން މި ހާލަތުގައި ތިނަދޫ އޮއްވާ އިތުރު އެޕިސޯޑެއްގެ ޝޫޓިން ކުރިއަށް ގެންދަން މެނޭޖްމަންޓަށާއި އަޅުގަނޑުމެންގެ ޕްރޮޑަކްޝަން ޓީމަށް ނުފެނޭ. މިގޮތަށް މި ނިންމީ ސްޓޫޑިއޯ33 ގެ މަޝްވަރާއާ އެކު," ޝަޖާއަތު ވިދާޅުވިއެވެ.

އޭގެ އިތުރުން ޝަޖާއަތު ވިދާޅުވީ, މިހަފްތާގެ ޕްރޮގްރާމް ކެންސަލްވި ނަމަވެސް ތިނަދޫގެ ހާލަތު ރަނގަޅުވެ މޮނިޓަރިން ނަގާލުމުން އެ ޕްރޮގްރާމް ގެނެސްދިނުމަށް ރޭވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ އިތުރު ޝޯތަކެއް ގެނެސްދިނުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ