logoEN
cocacola
"ފާންތެލެ" ޕްރޮގްރާމްގެ މެއިން ސްޕޮންސަރކަމުގެ އެއްބަސްވުމުގައި ޑީއެމްއެންއާއެކު ސޮއިކޮށްފި

"ފާންތެލެ" ޕްރޮގްރާމްގެ މެއިން ސްޕޮންސަރކަމުގެ އެއްބަސްވުމުގައި ޑީއެމްއެންއާއެކު ސޮއިކޮށްފި

# ސްޓޫޑިއޯ33# ފާންތެލެ

naufa

މިއަހަރުގެ ރޯދަމަހު ގާފު އޮންލައިންއާއި ސްޓޫޑިއޯ33 ގުޅިގެން ކުރިއަށް ގެންދާ ސްޓްރީޓް ޝޯ ކަމުގައިވާ "ފާންތެލެ" ޝޯގެ މެއިން ސްޕޮންސަރގެ އެއްބަސްވުމުގައި ޑީއެމްއެން ކުންފުންޏާއެކު ސޮއިކޮށްފިއެވެ.

ގޮސިޔާ

ފާންތެލެ ޝޯގެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ގާފު މީޑިއާގެ އޮފީހުގައެވެ. އެގޮތުން ފުރަތަމަ އެއްބަސްވުން ގާއިމްކޮށްފައިވަނީ ސްޓޫޑިއޯ33އާ އެކުގައެވެ. އެ އެއްބަސްވުމުގައި ގާފު މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޙުސައިން އަޙްމަދު އެވެ. އަދި ސްޓޫޑިއޯ33ގެ ފަރާތުން ސޮއި ކުރެއްވީ އެ ސްޓޫޑިއޯގެ ފައުންޑަރ، ނައުފަލް ނަސީމް އެވެ.

އެ އެއްބަސްވުމުގެ ދަށުން "ފާންތެލެ" ޝޯ ރާވައި ހިންގާނީ ސްޓޫޑިއޯ33ގެ ފަރާތުންނެވެ. އެގޮތުން ޝޯގެ ޑައިރެކްޝަނާއި ސްކްރީން ޕްލޭ ތައްޔާރުކުރާނީ ސްޓޫޑިއޯ33 އިންނެވެ. ގާފު މީޑިއާއިން ފޯރުކޯށްދޭނީ ޝޯ އަށް ބޭނުންވާ ޓެކްނިކަލް ވަސީލަތްތަކާއި އެހީތެރިކަމެވެ.

undefined

އެއަށްފަހު ބޭއްވީ ޝޯގެ މެއިން ސްޕޮންސަރ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތެވެ. އެ އެއްބަސްވުމުގައި ސްޓޫޑިއޯ33ގެ ފަރާތުން ސޮއި ކުރެއްވީ ފައުންޑަރ، ނައުފަލް ނަސީމް އެވެ. ޑީއެމްއެން ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ޑިރެކްޓަރ، އަލީ ނަވީން ނިޔާޒް އެވެ.

1442 ވަނަ އަހަރުގެ ރޯދަމަހުގައިވެސް މި ޝޯގެ ދެ އެޕިސޯޑު ގެނެސްދީފައިވާނެ އެވެ. ނަމަވެސް އެއިރު ކޮވިޑް19ގެ ހާލަތު އޮތް ގޮތުން ގދ. ތިނަދޫ ލޮކްޑައުނަކަށް ދާން ޖެހުމުގެ ސަބަބުން އެ ޕްރޮގްރާމް މެދުކަނޑާލަން ޖެހުނީ އެވެ.

undefined

ގާފު މީޑިއާ ގްރޫޕުގެ ޗީފް ޓެކްނިކަލް އޮފިސަރ، އަދި ޕްރޮޑަކްޝަން ހެޑް، ޝަޖާއަތު އަޙްމަދު ވިދާޅުވީ މިދިޔަ އަހަރުގެ ޕްރޮގްރާމާ ޚިލާފަށް، މިއަހަރުގެ ޕްރޮގްރާމް ކުރިއަށްދާނީ ޚާއްސަ ގްރޭންޑް ޕްރައިޒަކާއި، ކޮންމެ ޝޯއަކުން ހަދިޔާ ކުރެވޭ ވަކި ވަކި އިނާމްތަކަކާއެކުގައި ކަމަށެވެ.

މިއަހަރުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ސްޓޫޑިއޯ33 ގެ ފައުންޑަރ، ނައުފަލް ނަސީމް ވިދާޅުވީ މިއަހަރުގެ ޕްރޮގްރާމް ހުރިހާ ގޮތަކުންވެސް ޚާއްސަވެފައި ތަފާތުވާނެ ކަމަށެވެ. އެގޮތުން މިއަހަރުގެ ޕްރޮގްރާމްގައި ބެލުންތެރިން ބޭނުންވާނެ ފަދަ މަންޒަރުތަކާއި ސެގްމަންޓްތައް ޝޯތަކުން ފެނިގެންދާނެ ކަމަށްވެސް ނައުފަލް ވިދާޅުވިއެވެ.

މިއަހަރުގެ ފާންތެލެ ޝޯގެ ގްރޭންޑް ޕްރައިޒަކީ ޑީއެމްއެން އިން ސްޕޮންސަރކޮށްފައިވާ ގިފްޓް ޕެކް އެކެވެ. މި ގިފްޓް ޕެކްގެ އަގަކީ 5000 ރުފިޔާ އެވެ. ގްރޭންޑް ޕްރައިޒްގެ ނަސީބުވެރި ފަރާތް ހޮވާނީ އީދު ދުވަހުގެ ރޭ ނަގާ ގުރުއަތަކުންނެވެ.

ނައުފަލް ވިދާޅުވީ، މިއަހަރުގެ ޝޯ އޮންނާނީ ރޯދަމަހުގެ ކޮންމެ ބުރާސްފަތި ދުވަހެއްގެ ހަވީރު 17:30 ގައި ކަމަށެވެ. އެގޮތުން މުޅިއެކު ޖުމްލަ ހަތަރު އެޕިސޯޑު ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިޝޯއަށް ކަނޑައަޅާފައިވާ ގްރޭންޑް ޕްރައިޒްގެ އިތުރުން، ޝޯގެ ކޮންމެ އެޕިސޯޑެއްގައި ބައިވެރިވިޔަސް އެކި އިނާމްތައް ލިބިގެންދާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ