logoEN
cocacola
"ފާންތެލެ" ބޮޑު އިނާމު ހައްގުވެރި ފަރާތާ ހަވާލުކޮށްފި

"ފާންތެލެ" ބޮޑު އިނާމު ހައްގުވެރި ފަރާތާ ހަވާލުކޮށްފި

# ސްޓޫޑިއޯ33# ފާންތެލެ

436FBC4B-A395-4C0F-B918-0BC067351BE0

މިއަހަރުގެ ރަމަޟާން މަހު، ގާފު ނޫހާއި ސްޓޫޑިއޯ33 ގުޅިގެން ކުރިއަށް ގެންދިޔަ "ފާންތެލެ" ޝޯގެ ގިވް އަވޭ ބޮޑު އިނާމުގެ ލަކީ ޑްރޯއިން ހޮވާލެވުނު ނަސީބުވެރި ފަރާތަށް އެ އިނާމު ހަވާލުކޮށްފިއެވެ.

ގޮސިޔާ

"ފާންތެލެ" ޝޯ ގެނެސްދީފައިވާނީ މިދިޔަ ރޯދަމަހުގެ ކޮންމެ ބުރާސްފަތު ދުވަހެއްގެ ހަވީރު އެވެ. ޑީއެމްއެން ކުންފުނީގެ މެއިން ސްޕޮންސަރގެ ދަށުން ކުރިއަށް ގެންދިޔަ މި ޝޯއަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މި ޝޯގެ 6 އެޕިސޯޑެއް ވާނީ ފޭސްބުކަށް ދޫކުރެވިފައެވެ.

މިމަހުގެ 10 ވަނަ ދުވަހު ގާފު އޮންލައިންގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރެވުނު ލަކީ ޑްރޯގައި، އިނާމުގެ ހައްގުވެރި ފަރާތަށް ހޮވިފައިވަނީ "ނުޒޫ ނުޒޫ" ނަމަކަށް ކިޔާ ފޭސްބުކް އެކައުންޓެކެވެ. އެ އެކައުންޓްގެ ވެރިފަރާތަކީ އައްޑޫ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެއް ކަމަށްވާތީ އެ އިނާމާ ހަވާލުވީ އެ ފަރާތުން ކަނޑައެޅި، އެފަރާތުގެ އާއިލާގެ މީހެކެވެ.

ގާފު މީޑިއާ ގްރޫޕުގެ އޮފީހުގައި އިއްޔެ ކުރިއަށްދިޔަ ރަސްމިއްޔާތުގައި އިނާމުތައް ހައްގުވެރި ފަރާތާ ހަވާލުކުރީ، ބޮޑު އިނާމު ސްޕޮންސަރ ކުރި ޑީއެމްއެން ކުންފުނީގެ ޑިރެކްޓަރ، އަލީ ނަވީން ނިޔާޒު އެވެ.

ފާންތެލެ ޕްރޮގްރާމްގެ ބޮޑު އިނާމުގައި 5000 ރުފިޔާގެ އަގުހުރި އެކި ބާވަތްތަކުގެ ބަދިގެ ސާމާނު ހިމެނެ އެވެ. އޭގެ ތެރޭގައި މައިކްރޯވޭވް އަވަނާއި، ބްލެންޑަރަކާއި، އިންސުލޭޓެޑް ކެސެރޯލް ސެޓަކާއި މަސް ފިހާ ތަވައެއްގެ އިތުރުން ރައިސް ކުކަރެއް ހިމެނެއެވެ.

ގާފު މީޑިއާ ގްރޫޕުގެ ޗީފް ޓެކްނިކަލް އޮފިސަރ، އަދި ޕްރޮޑަކްޝަން ހެޑް، ޝަޖާއަތު އަޙްމަދު ވަނީ، މިއަހަރުގެ ޝޯވް ފުރިހަމަކަމާއެކު ގެންދެވުނީ ގިނަ ބައެއްގެ އެއްބާރުލެއްވުމާއެކު ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ މެއިން ސްޕޮންސަރ ޑީއެމްއެން ކޮމްޕެނީއަށްވެސް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ޝަޖާއަތު އިތުރަށް ވިދާޅުވީ، އަންނަ އަހަރުވެސް މިއަހަރަށްވުރެ ފުރިހަމަ ޝޯވްއެއް ގެނެސްދިނުމުގެ މަސައްކަތް ސްޓޫޑިއޯ33 އާއެކު ކުރިއަށް ގެންދާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ