
ސްޓޫޑިއޯ33 ގެ ލެންސުން ތިނަދޫ ކުޅީގެ ޗާލު މަންޒަރުތަކެއް!
# ސްޓޫޑިއޯ33# ގދ.ތިނަދޫ# ތިނަދޫގެ ކުޅި# ނައުފަލް ނަސީމް273779203_5108452145843216_6574111476315157625_n
ސިޓީއެއްގެ ކުލަ ޖެހި ޒަމާނީ ތަރައްގީއަށް ފައްކާވަމުން އަންނަ ހުވަދު އަތޮޅު ދެކުނު ބުރީ ގދ. ތިނަދޫއަކީ ޤުދުރަތީ ފުރިހަމަ ވަސީލަތްތަކެއް ލިބިފައިވާ ރަށެއް ނޫނެވެ. ނަމަވެސް ރަށުގެ ޤުދުރަތީ ރީތިކަން ފުރިހަމަކުރުމަށް ރަށު ކައުންސިލުން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކައުންސިލުން ކުރަމުން އަންނަ ފާހަގަކޮށްލެވޭ އެންމެ މުޙިއްމު މަސައްކަތަކީ އެރަށުގެ "މާހުއްޓޭ ކުޅި" ތަރައްގީކޮށް، އާންމުންނަށް ހިތްގައިމު ތަނަކަށް ހެދުމުގެ މަސައްކަތެވެ.

އެ މަސައްކަތުގެ އެންމެ އިސް ސަފުގައި އުޅުއްވަނީ ރަށު ކައުންސިލްގެ ރައީސް، ސައުދު އަލީއާއި، ނައިބް ރައީސް ނަސްރުﷲ އަލީ އެވެ. އެ ދެ ބޭފުޅުން ދަނީ ކުޅި ބެލެހެއްޓުމުގެ ކަންކަމުގައި މަސްއޫލުވެ އުޅޭ ރަށުގެ ޒުވާނުންނާއި އެހެނިހެން ފަރާތްތަކާއެކު މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވަމުންނެވެ.
އެ މަސައްކަތުގެ ދަށުން ކުޅީގެ ކައިރިއަށް ވެލި އަޅައި، ފެންގަނޑުގެ ތެރެއަށް ވެލި ނުދާނެހެން ހިލަ ޖެހައި ނިންމީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެ މަސައްކަތްވެސް ކޮށްފައިވަނީ ރައީސް ސައުދުގެ ބެލުމުގެ ދަށުންނެވެ. ސައުދު ވިދާޅުވީ ބޭނުންވަނީ ރަށުގެ ރައްޔިތުންނަށް އާއިލާއެކީ އައިސް ވަގުތު ހޭދަކޮށްލާނެ ހިތްގައިމު ތަނެއް ގާއިމް ކުރުން ކަމަށެވެ.
ތިނަދޫ ރައީސް ކުރެއްވި މަސައްކްޕުޅު ނިންމާލި އިރު ތަނުގެ މަލަމައްޗަށް ޒީނަތްތެރިކަން ގެނުވައިފިއެވެ. ސަރަހައްދުގައި ބެންޗުވެސް ބަހައްޓާފައިވުމުން އެތަން މިއަދު ވެފައި ވަނީ ރައްޔިތުންނަށް ނުހަނު ހިތްގައިމު މަންޒިލަކަށެވެ. ސައުދު ވިދާޅުވީ ތަނުގެ ތަރައްގީއަށް ކައުންސިލްގެ އިތުރު ޕްލޭންތަކެއްވެސް އެބަހުރި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކަންކަން ތަންފީޒުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ތިނަދޫގެ ކުޅި ރީތި މަންޒިލަކަށް ހެދި ފަހުން މުޅި ތަނުގެ ފޮޓޯއެއް، ވީޑިއޯއެއް ސޯޝަލް މީޑިއާގައި އެއްވެސް ވަރަކަށް އާންމު ވެފައި ނުވެއެވެ. ތަނުގެ ރީތިކަމާއި ހިތްގައިމުކަން އާންމުންނާ ހަމައަށް މި ފޯރުކޮށްދިނީ ސްޓޫޑިއޯ33 އިންނެވެ. އާންމުންގެ ތެރޭ މަޤްބޫލް މީހެއް ކަމުގައިވާ ނައުފަލް ނަސީމް ހިންގަމުން އަންނަ ސްޓޫޑިއޯ33 ވިޔަފާރިއަކީ ތިނަދޫގައި މަޝްހޫރު ބްރޭންޑެކެވެ. ރަށުގެ އެކި ތަންތަނުގެ ރީތި މަންޒަރުތައް ނަގައި ފޭސްބުކް މެދުވެރިކޮށް އޭނާ ދަނީ ރަށް ޕްރޮމޯޓް ކުރަމުންނެވެ.
މިއީ ނައުފަލްގެ ލެންސުން ދައްކައިލި ތިނަދޫ ކުޅީގެ ޗާލު މަންޒަރުތަކެވެ.
ގުޅުންހުރި

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ މީހާ މިސްކިތުގައި ހުއްޓާ ފެނިއްޖެ
