
School-thah-hulhuvun-mask-dharivarun-ސްކޫލް-ތައް-ހުޅުވުން-މާސްކް-ކޮވިޑް-ދަރިވަރުން-13-1-1536x1025
މާލެއާއި އަތޮޅު ތެރޭގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާތީ ސްކޫލުތައް ބަންދުކުރުމާމެދު ގޮތެއް ނިންމަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސްކޫލްތައް ބަންދު ކުރުމާއި ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާދެއްވަމުން މިނިސްޓްރު ޑރ. އައިޝަތު އަލީ ވިދާޅުވީ، އެކަމާއި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"އެވާހަކަތައް ދެކެވެމުން އެބަދޭ. ހަމަ ވަރަށް އަވަހަށް ތިބޭފުޅުންނަށް އެޗްޕީއޭ ތްރޫކޮށް އެކަން ކަން ހިއްސާކުރާނެ" މިނިސްޓަރ ވިދާޅުވިއެވެ.
އެފަދައިން މިނިސްޓަރ ވިދާޅުވެފައިވާއިރު، މިހާރު ރާއްޖޭގެ ހާލަތު އަންނަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު މި ބައްޔަށް 503 މީހަކު ވަނީ ފައްސިވެފައެވެ.
ކޮވިޑުގެ ހާލަތު ގޯސްވުމުން މީގެ ކުރިން ވެސް މާލެ ސަރަހައްދުގެ ސްކޫލުތައް އެތައް ފަހަރަކު ބަންދުކުރި އެވެ. މިދިޔަ ޖެނުއަރީ 10 ގައި ސްކޫލުތައް ހުޅުވުމަށްފަހު އޭގެ މަހެއްފަހުން ބަންދުކުރުމަށްފަހު އަލުން ހުޅުވައި ކިޔަވައިދޭން ފެށީ މިދިޔަ މަހުގެ އެއް ވަނަ ދުވަހެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާ ބޮޑު ފިޔަވަޅުތަކެއް އަޅާފައި ނެތުމުން ސަރުކާރަށް ވަނީ ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައެވެ. އެފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ސަރުކާރުން ވަނީ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށް އިންޑިއާ ފަތުރުވެރިން ރާއްޖެ އައުން މަނާ ކޮށްފައެވެ.
ގުޅުންހުރި

އަތޮޅުތެރޭގެ ސްކޫލުތަކަށް ޚާއްޞަ "ޝާމިލު ކޭލި" ތަމްރީނު ޕްްރޮގްރާމް ނިމިއްޖެ

'ކޫލް ސްކޫލް’ ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް 802 ކްލާސްރޫމެއްގައި އޭސީ ހަރުކުރެވިއްޖެ - ޝަފީއު

ފޭސް 2 ގައި މިހާރު އިމާރާތްކުރަމުންދާ އައު ސްކޫލްގެ މަސައްކަތް ނޮވެމްބަރަށް ނިންމައި އިތުރު 2 ސްކޫލެއްގެ މަސައްކަތް މިއަހަރު ފަށަނީ
