
ފޭސް 2 ގައި މިހާރު އިމާރާތްކުރަމުންދާ އައު ސްކޫލްގެ މަސައްކަތް ނޮވެމްބަރަށް ނިންމައި އިތުރު 2 ސްކޫލެއްގެ މަސައްކަތް މިއަހަރު ފަށަނީ
# އެޑިއުކޭޝަން މިނިސްޓްރީ--
ހުޅުމާލޭގެ އަވަސްވަމުންދާ ތަރައްޤީއާއެކު، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ތަޢުލީމީ ދާއިރާއިން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދެސްކޫލް ޤާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ މި ދެ ސްކޫލުގެ ތެރެއިން އެއް ސްކޫލް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 1 ގައި ކަމަށާއި، އަނެއް ސްކޫލް އެޅުމަށް ހަމަޖެހިފައިވަނީ ފޭސް 2 ގައިކަމަށެވެ.
ސަލާޙުއްދީން ސްކޫލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ވިދާޅުވީ އެ ސްކޫލް ދެ ދަންފަޅިއަށް ބަދަލުކުރުމަށް ނިންމާފައިވަނީ، ކޮންމެ ދުވަހަކު އެތައް ހާސް ދަރިވަރުންނެއް ސިނަމާލެ ބްރިޖް ހުރަސްކޮށް މާލެ އައިސްގޮސްވުމުގެ ސަބަބުން ދިމާވާ ދަތިތައް ލުއިކުރުމަށް ކަމުގައެވެ.
މީގެ އިތުރުން، ހުޅުމާލޭ ފޭސް 2 ގައި މިހާރު އިމާރާތްކުރަމުންދާ އައު ސްކޫލްގެ މަސައްކަތް ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި، މި ސްކޫލްގައި 54 ކްލާސްރޫމް ހިމެނޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ސްކޫލް ހުޅުވުމުން، ހުޅުމާލޭގައި ހިޔާފްލެޓް ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންނަށް ދިމާވެފައިވާ ގިނަ ދަތިތަކަށް ޙައްލު ލިބިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމުގައިވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

މަތީ އަރުތަވެރީންގެ އިނާމު މިފަހަރު 1800 އަށްވުރެ ގިނަ ދަރިވަރުންނަށް!

ސިންގަޕޫރާއިއެކު ތަޢުލީމީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ޖީޕީއީގެ އޭޝިއާ-ޕެސިފިކް ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
