logoEN
Sto top
ކީސްޓޭޖް 3 ނިންމާ ދަރިވަރުންނަށް މުޅިން އަލަށް "ނާލޯ" ފަށައިފި

ކީސްޓޭޖް 3 ނިންމާ ދަރިވަރުންނަށް މުޅިން އަލަށް "ނާލޯ" ފަށައިފި

އަހުމަދު ޝުރާއު

logo

4/27/2025, 9:39:46 AM

# އެޑިއުކޭޝަން މިނިސްޓްރީ

--

ކީ ސްޓޭޖް 3 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން މުޅިން އަލަށް ބޭއްވޭ ނޭޝަނަލް އެސެސްމަންޓް އޮފް ލާރނިންގ އައުޓްކަމްސް (ނާލޯ) މިއަދު ފަށައިފިއެވެ.

Wamco

މި އިމްތިޙާނުގައި ރާއްޖޭގެ 201 ސްކޫލަކުން 5،100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ.

2008 ވަނަ އަހަރުން ފެށިގެން މުޅި ރާއްޖޭގައި ކުރިއަށް ގެންދެވޭ ނާލޯގައި މީގެ ކުރިން ބައިވެރިވެފައިވަނީ ހަމައެކަނި ކީ ސްޓޭޖް 1 އަދި 2 ނިންމާ ދަރިވަރުންނެވެ. ނަމަވެސް މިއަހަރު، ފުރަތަމަ ފަހަރަށް، ކީ ސްޓޭޖް 3 - ގްރޭޑް 7 އަދި 8 ނިންމާފައިވާ ދަރިވަރުން މި އިމްތިޙާނުގައި ބައިވެރިވެއެވެ.

މި އިމްތިޙާނު ކުރިއަށްދާނީ ދެ ބުރަކަށް ބަހާލައިގެންނެވެ. މިއަދު ފެށި، ތިން ދުވަހަށް ކުރިއަށްދާ ފުރަތަމަ ބުރުގައި ހިމެނެނީ އިނގިރޭސި ބަސް، ހިސާބު އަދި ސައިންސްގެ އިމްތިޙާނުތަކެވެ. ސެޕްޓެމްބަރު 2 އަދި 3 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ބުރުގައި އިސްލާމް އަދި ދިވެހި ބަހުގެ އިމްތިޙާނުތައް ކުރިއަށްދާނެއެވެ. ފާހަގަކޮށްލެވޭ ކަމަކީ، މިއީ ނާލޯގައި އިސްލާމް ހިމެނޭ ފުރަތަމަ ފަހަރު އަދި ދިވެހި ބަހުން ދަރިވަރުންގެ ލިޔުމުގެ ހުނަރު ވަޒަންކުރެވޭ ފުރަތަމަ ފަހަރެވެ.

ގިނަ ސްކޫލުތަކުގައި ގްރޭޑް 9 ގެ ހުރިހާ ދަރިވަރުން މި އިމްތިޙާނުގައި ބައިވެރިވާއިރު، އާބާދީ ބޮޑެތި ސްކޫލުތަކުގައި ހޮވާލެވޭ ބައެއް ދަރިވަރުން ބައިވެރިވެއެވެ.

ނާލޯގެ ދާއިރާ ފުޅާކުރުމުން ތަޢުލީމީ ނިޒާމާ ބެހޭ އަގުހުރި މަޢުލޫމާތު ލިބި، މުޅި ރާއްޖޭގައި ކިޔަވައިދިނުމާއި އުނގެނުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside