
'ކޫލް ސްކޫލް’ ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް 802 ކްލާސްރޫމެއްގައި އޭސީ ހަރުކުރެވިއްޖެ - ޝަފީއު
# އެޑިއުކޭޝަން މިނިސްޓްރީ--
ސްކޫލު މާހައުލަކީ ދަރިވަރުންނާއި މުދައްރިސުންނަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށް ފަށާފައިވާ 'ކޫލް ސްކޫލް’ ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް 802 ކްލާސްރޫމެއްގައި އޭސީ ހަރުކުރެވިފައިވާކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަފީއު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ސަރުކާރު ސްކޫލުތަކުގައި ހުރި ޖުމްލަ 3,740 ކްލާސްރޫމް އޭސީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު އޭސީ ހަރުކުރެވިފައި ނުވާ ސްކޫލުތަކަށް މި މަހުގެ ތެރޭގައި ބަލްކްކޮށް އޭސީތައް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަފީއު ވިދާޅުވިއެވެ.
އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން ދަރިވަރުން ތަޢުލީމު ހާސިލުކުރުމަށް ސްކޫލްގައި ތިބޭ ހުރިހާ ކްލާސްރޫމެއް އަޅުގަނޑުމެން އޭސީކޮށް ނިންމާނަން.” މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވިއެވެ.
މި މަޝްރޫޢު ފުރަތަމަ އިޢުލާންކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މިނިސްޓްރީއާއި ކޮމިއުނިޓީގެ އެހީތެރިކަމާއެކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު އޭރު ރޭވިފައިވަނީ 2 އަހަރު ތެރޭގައި ނިންމުމަށް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ނަމަވެސް، ސްކޫލްތަކާއި ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން މި މަޝްރޫޢަށް ލިބުނު ތަރުހީބާއި، އަވަސްކުރުމަށް އެދުނު އެދުމަށް އިޖާބަދެއްވައި، މި އަހަރުގެ ތެރޭގައި މި މަޝްރޫޢު ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގުޅުންހުރި

މަތީ އަރުތަވެރީންގެ އިނާމު މިފަހަރު 1800 އަށްވުރެ ގިނަ ދަރިވަރުންނަށް!

ސިންގަޕޫރާއިއެކު ތަޢުލީމީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ޖީޕީއީގެ އޭޝިއާ-ޕެސިފިކް ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
