
އަތޮޅުތެރޭގެ ސްކޫލުތަކަށް ޚާއްޞަ "ޝާމިލު ކޭލި" ތަމްރީނު ޕްްރޮގްރާމް ނިމިއްޖެ
# އެޑިއުކޭޝަން މިނިސްޓްރީ---
ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން އަތޮޅުތެރޭގެ ސްކޫލުތަކަށް ޚާއްޞަކޮށް ބޭއްވި "ޝާމިލު ކޭލި" ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރިން ބުނީ މި ޕްރޮގްރާމުގައި އަތޮޅުތެރޭގެ 18 ސްކޫލަކުން ޖުމްލަ 31 މުދައްރިސުން ބައިވެރިވިއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މާލޭގެ ސްކޫލްތަކުގައި ހުރިހާކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުން (އިންކްލޫސިވް އެޑިޔުކޭޝަން) ކުރިއަށްދާ ގޮތް ދެނެގަނެ، އެ ތަޖުރިބާ އަތޮޅުތެރޭގެ މުދައްރިސުންނާހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
ކުރިއަށް އޮތްތަނުގައި ވެސް މިފަދަ އިތުރު ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ނިންމާފައިވާއިރު އެމިނިސްޓްރީން ބުނީ މިފަދަ ޕްރޮގްރާމްތަކުގެ އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިދެވޭ ތަޢުލީމީ ފެންވަރު މަތިކޮށް، ހުރިހާ ދަރިވަރުންނަށްވެސް ހަމަހަމަ ފުރުޞަތުތަކެއް ލިބިގެންދިއުން ކަމަށެވެ.
ގުޅުންހުރި

ގްރޭޑް 10 ގެ ދަރިވަރުންނަށް 'އެންޓި-ބުލީންގް އެންޑް މެންޓަލް ވެލް-ބީންގް' ޕްރޮގްރާމް ފަށައިފި

މިއަހަރު ރާއްޖޭގައި އޭލެވެލް އެޑެކްސެލް މޭ/ޖޫން ސީރީސްގެ އިމްތިހާނުތައް އަލުން ފަށަނީ

"ބިންގާ" ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ފަށައިފި




