ގާފު ރެސިޕީއެއްގެ ގޮތުގައި މިއަދު މިގެނެސްދެނީ ގާލިކް ވެޖީ ނޫޑްލްސް އެވެ.
ބޭނުންވާނެ ތަކެތި:
- 1 ޕެކެޓް ނޫޑްލްސް (ކައްކާފަ)
- 2 ސަމުސާ ތެޔޮ
- 5 ލޮނުމެދު (ކުދިކޮށް ކޮށާފަ)
- 1 ފިޔާ
- 1 ކެރެޓް (ދިގުކޮށް ކޮށާފަ)
- 5 ބީންސް (ދިގުކޮށް ކޮށާފަ)
- 2 ސަމުސާ ބްރައުން ސްގަރ
- ¼ ޖޯޑު ސޯޔާސޯސް
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ތަވާ އުދުން މައްޗަށް އުދާ ތެޔޮފޮދު އަޅާށެވެ.
ތެޔޮ ފޮދު ހޫނުވުމުން ފިޔާ ލޮނުމެދު އަޅާ މޯޅި ވަންދެން ހާކާލާށެެވެ.
އެއަށްފަހު ކެރެޓު ކޮޅާ ބީންސް ކޮޅު އަޅާ އެއްކޮށްލުމަށްފަހު ބްރައުން ސްގްރާ އަދި ސޯޔާސޯސް ކޮޅު އަޅާ އެއްކޮށްލާށެވެ.
ދެން 3 މިނެޓް ކައްކާލުމަށްފަހު ނޫޑްލްސް ކޮޅު އަޅާ އެއްކޮށްލާށެވެ.
Post Views: 365