logoEN
ޕީއެންސީ 2
ގާފު ރެސިޕީ: ކަދުރު ކޭކް

ގާފު ރެސިޕީ: ކަދުރު ކޭކް

# ގާފު ރެސިޕީ

photo_2021-05-02 04.02.11

ގާފު ރެސިޕީއެއްގެ ގޮތުގައި މިއަދު މިގެނެސްދެނީ ކަދުރު ކޭކް އެވެ.

ޝަރީ 2024

ބޭނުންވާ ތަކެތި:

250 ގްރާމް ހަކުރު

250 ގްރާމް ފުށް

250 ގްރާމް ކަދުރު (އޮށް ނަގާފާއި, ކޮށާފައި)

2 މޭޒުމަތީ ސަމުސާ މާޖިރީން

1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ

80 ގްރާމް މޭބިސްކަދުރު (ކުދިކޮށް ކޮށާފައި)

80 ގްރާމް ކަނަމަދު (ކުދިކޮށް ކޮށާފައި)

ބައި ޖޯޑު ކިރު (ލެކްނޯ މިލްކް)

2 ކުކުޅު ބިސް

2 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

ބޭކިން ޕައުޑަރާއި ފުށް އެއްކޮށްގެން ފުރާނާފައި ވަކިން ބެހައްޓާށެވެ.

އެހެން އެއްޗެއްގައި މާޖިރީނާއި, ހަކުރާއި, ކުކުޅުބިސް އެއްކޮށް އަޅާފައި ހަކުރުތައް އެއްކޮށް ވިރެންދެން ގިރާލާށެވެ.

އެއަށްފަހު އޭގެތެރެއަށް ކުރިން އެއްކޮށްފައި ހުރި ފުށް އަޅައި މަޑުމަޑުން ހަލަމުން ގެންދާށެވެ.

ދެން ކިރު އަޅާފައި ރަނގަޅަށް މިކްސް ކޮށްލާށެވެ.

އެއަށްފަހު ފުށްގަނޑުތެރެއަށް ކަދުރާއި, މޭބިސްކަދުރާއި, ކަނަމަދު އަޅައި ރަނގަޅަށް ގިރާލާފައި ޓްރޭއަކަށް އަޅާފައި ފިހެލާށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ