logoEN
ޕީއެންސީ 2
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީން ހުއްޓާނުލާނެ: ނަޝީދު

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީން ހުއްޓާނުލާނެ: ނަޝީދު

ހުސެއިން

logo

5/1/2021, 4:22:46 PM

# ރައީސް ނަޝީދު

mohamed nasheed

ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ (މިނިމަމް ވޭޖު) ކަނޑައެޅުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޝަރީ 2024

މިއަދު ފާހަގަކުރައްމުން އަންނަ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މަސައްކަތްތެރިންގެ ހައްގުގަ އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާނެކަމަށާއި، އެގޮތުން ފަތުރުވެރިކަމުން ލިބިދޭންޖެހޭ ސާވިސްޗާޖު މިހާރުކަށަވަރުވެފައިވާ ކަމަށެވެ. އަދި މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީން ހުއްޓާނުލާނެކަން ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

2021 ވަނަ އަހަރު ނިމުމުގެ ކުރިން މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ދޭންޖެހޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނު މިދިޔަ އަހަރު ވަނީ އިސްލާހު ކޮށްފައެވެ.

ވަޒީފާއާބެހޭ ގާނޫނުގެ 62 ވަނަ މާއްދާގެ (ބ) ގައި ބުނެފައި ވަނީ މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ލަފާދޭތާ ގިނަވެގެން ތިރީސް ދުވަހުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައަޅައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށެވެ. އަދި އެ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ، މިނިސްޓަރު ކުރާ ފުރަތަމަ އަމުރަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވަޒީފާ ދޭ ފަރާތްތަކުން އަމަލު ކުރަންވޭނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ