logoEN
cocacola
ގާފު ރެސިޕީ: ޗޮކްލެޓް ލަޒާނިއާ

ގާފު ރެސިޕީ: ޗޮކްލެޓް ލަޒާނިއާ

# ގާފު ރެސިޕީ

Recipe_Poster-Rsecovered

ގާފު ރެސިޕީއެއްގެ ގޮތުގައި މިއަދު މިގެނެސްދެނީ ޗޮކްލެޓް ލަޒާނިއާ އެވެ.

ގޮސިޔާ

ބޭނުންވާނެ ތަކެތި:

36 އޯރިއޯ ބިސްކޯދު

6 މޭޒުމަތީ ސަމުސާ ބަޓަރު (ދިޔާކޮށްފައި)

200 ގްރާމް ޗީޒް

1/4 ޖޯޑު ހަކުރު

2 މޭޒުމަތީ ސަމުސާ ރޯ ކިރު (ފިނިކުރި)

ވިޕްޑް ކްރީމް

2 ޕެކެޓް ޗޮކްލެޓް އިންސްޓަންޓް ޕުޑިން

3 1/4 ޖޯޑު ރޯ ކިރު (ފިނިކޮށްފައި)

1 1/2 ޖޯޑު ޗޮކްލެޓް ޗިޕްސް

ތައްޔާރުކުރާނެ ގޮތް:

އޯރިއޯތައް ފުނޑު ކުރާށެވެ.

ފުނޑުކުރި އޯރިއޯތައް ބޯތަށްޓަކަށް އެޅުމަށްފަހު ބަޓަރު އެޅުމަށްފަހު އުލެއް ބޭނުންކޮށްގެން ރަނގަޅަށް އެއްކުރާށެވެ.

ހުރިހާ އޯރިއޯއެއްގައި ރަނގަޅަށް ބަޓަރު އުނގުޅުމުން ފިހާ ޓްރޭ އެއްގައި އަތުރާށެވެ. އެއަށްފަހު ފްރިޖަށް ލާފައި ބަހައްޓާށެވެ.

ޗީޒް ރަނގަޅަށް މިކްސް ކުރާށެވެ.

އެއަށްފަހު އޭގެ ތެރެއަށް ދެ މޭޒުމަތީ ސަމުސާ ކިރާއި ހަކުރު އެޅުމަށްފަހު ރަނގަޅަށް އެއްކުރާށެވެ.

ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ވުމުން އޭގެ ތެރެއަށް 1 1/4 ޖޯޑު ވިޕް ކްރީމް އަޅާއި އެއްކުރާށެވެ.

އެއަށްފަހު އޯރިއޯތައް މަތީގައި މި ކްރީމް ގަނޑު އުނގުޅާލާށެވެ.

ބޯތަށްޓެއްގައި ޗޮކްލެޓް ޕުޑިން އާއި 3 1/4 ޖޯޑު ރޯ ކިރު އަޅައި ރަނގަޅަށް އެއްކުރާށެވެ.

ޕުޑިން އެއްކޮށް އޮލަވުމުން ދޭފަތެއް ބޭނުންކޮށްގެން އޯރިއޯ އަދި ޗީޒް ކްރީމްގެ މަތީގައި އުނގުޅާށެވެ. ދެން 5 މިނެޓް ބަހައްޓާށެވެ.

އޭގެ މަތީގައި ވިޕްޑް ކްރީމް އުނގުޅާށެވެ.

އެއަށްފަހު ޗޮކްލެޓް ޗިޕްސް ތައް މައްޗަށް އެޅުމަށްފަހު 4 ވަރަކަށް ގަޑިއިރު ވަންދެން ފްރިޖުގައި ބަހައްޓާށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ