
ތިނަދޫ ހޮސްޕިޓަލުގެ ލޯންޑްރީ ރޫމް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަނީ
# އެސްޓީއޯ# ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްl_3592726
ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ލޯންޑްރީ ރޫމް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިއުލާންކޮށްފިއެވެ.

އެކުންފުނިން އިއުލާންކުރީ ރާއްޖޭގެ ހަތަރު ރީޖަނަލް ހޮސްޕިޓަލެއްގެ ލޯންޑްރީ ރޫމް މަރާމާތުކުރުމަށެވެ. އޭގެ ތެރޭގައި ތިނަދޫ ހޮސްޕިޓަލްވެސް ހިމެނެއެވެ.
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތައް:
ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ލ. ގަން ރީޖަނަލް ހޮސްޕިޓަލް
ގދ. ތިނަދޫ، ޑރ. އަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
އެ މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިޑްގައި ބައިވެރިވުމުގެ ފުރުސަތު 6 މެއިގެ 11:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީ ވުމަށް ހުށަހަޅަން ވާނީ މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ހޮސްޕިޓަލްގެ ނަމާއި އެކު، [email protected] އަށެވެ.
ރަޖިސްޓާ ކުރާ ފަރާތްތަކަށް، މައުލޫމަތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދޫ އެސްޓީއޯ ފިހާރައިގައެވެ.
ގުޅުންހުރި

10 ޕަސެންޓާއި ހަމައަށް ޑިސްކައުންޓާއިއެކު އެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީތައް ތައާރަފްކޮށް ވިއްކަން ފަށައިފި

އެސްޓީއޯއިން ރާއްޖެއަށް އޮރެންޖު އެތެރެކޮށް ބާޒާރަށް ނެރެފި، ކިލޯއެއް 35 ރުފިޔާއަށް!

އެސްޓީއޯ ހުޅުމާލެ ސިޓީ ހޮޓެލް އަގުކުރީ 20 މިލިއަން ޑޮލަރަށް: އެޗްޑީސީޢަށް އެތަން ވިއްކާލީ ފޭސް 2 އިން ބިމަކަށް!





