ކަރަންޓު ބިލްތައް ދައްކަން އެއްވެސް އިދާރާއަކުން ފައިސާ ދީފައެއް ނުވޭ – އަމްޖަދު

ގދ ތިނަދޫ ކައުންސިލްގައި ނުދެއްކި ހުރި ކަރަންޓު ބިލްތަށް ދެއްކުމަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ފައިސާ ދީފަނުވާ ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވެއްޖެއެވެ.

އަމްޖަދް މިގޮތަށް ވިދާޅުވެފައިވަނީ ތިނަދޫ ކައުންސިލް އިދާރާގެ ކަރަންޓު ކަނޑާލުމާއި ގުޅިގެން މިރޭ ފޭސްބުކްގައި ޖެހި ސްޓޭޓަސްއެއްގައި އެވެ. އޭނާ މިހެން ވިދާޅުވީ ފިނޭންސް މިނިސްޓްރީއިން ތިނަދޫ ކައުންސިލްގައި ހުރި ކަރަންޓު ބިލްތަށް ދެއްކުމަށް ފައިސާ ދޫކޮށްފައިވާ ކަމަށް ބުނެފައިވަނިކޮށެވެ. ނަމަވެސް މިކަން ކައުންސިލްގެ ރައީސް އަމްޖަދު ދޮގުކުރެއެވެ.

އަމްޖަދު އިތުރަށް ވިދާޅުވިގޮތުގައި ބިލްނުދައްކާތާ 2 އަހަރުވެއްޖެކަމަށް ފެނަކައިން ބުނުމަކީ ދޮގެއްކަމަށާއި މީގެ ހަމަސް ކުރިންވެސް ބިލްތަކެއް ދައްކާފައިވާނެ ކަމަށާއި އަދި މީގެ ދެމަސްކުރިންވެސް ކައުންސިލްގެ ދެ ބިލެއް ދައްކާފައިވާނެ ކަމަށެވެ. އަދި ފެނަކައިގެ ހުރިހާ ބިލެއް އަންނަ މަހު 10 ކުރިން ހަލާސްކޮށްދޭނެ ކަމަށް ފެނަކައިގެ ފައިނޭންސް ހެޑް ސަމީރު އަށް ޔަޤީންކަން ދީފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެނަކާގެ ބިލްތަކެއް ކައުންސިލް އިދާރާގައި ނުދެއްކި ގިނަވާންޖެހުނީ މިސްކިތްތަށް ކައުންސިލަށް ހާވާލުކުރި އިރު މިނިސްޓްރީން ނުދައްކާ ހުރި ގިނަ އަދަދެއްގެ ބިލްތަކެއް ކައުންސިލްގެ ބަޖެޓުން ދައްކަން ކައުންސިލް އިން ނުފެންނާތީ ކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.

ބިލްތައް ނުދައްކާ ހޯލްޑް ކުރީ 2020 ވަނަ އަހަރު ކައުންސިލަށް ލިބުނު ބަޖެޓުން، ކޯވިޑްގެ ސަބަބުން ފިނޭންސް މިނިސްޓްރީން 15 މިލިއަން ރުފިޔާ ކުއްލިގޮތަކަށް ހޯލްޑް ކުރުމުން މުވައްޒަފުންގެ މުސާރަ އާއި އިދާރާގައި ކުރެވިފައި ހުރި މަރާމާތްތަކަށް ފައިސާ ދޫކޮށްފައި އިތުރަށް ޚަރަދެއް ކުރެވެން ނެތުމާއި އެކުގައި ކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މިކަމަކީ ޕީޕީއެމް ސަރުކާރުންވެސް ކައުންސިލަށް ނުކުރާ ވަރުގެ ޖެއްސުމެއް ކަމަށެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް