logoEN
ޕީއެންސީ 2
ބިލްތަކުގެ ބޮޑު ބައި ދެއްކުމުން ތިނަދޫ ކައުންސިލަށް ކަރަންޓު ދީފި

ބިލްތަކުގެ ބޮޑު ބައި ދެއްކުމުން ތިނަދޫ ކައުންސިލަށް ކަރަންޓު ދީފި

# ފެނަކަ# ގދ. ތިނަދޫ ކައުންސިލް

178983772_10159806608290476_3867757463818194338_n

ގދ. ތިނަދޫ ކައުންސިލްގެ ބިލްތަކަށް 1.9 މިލިއަން ރުފިޔާ އަރާފައިވާތީ, އެފައިސާ ނުދައްކައި ހުރުމުގެ ސަބަބުން ކަރަންޓު ކަނޑާލުމަށްފަހު, ބިލް ތަކުގެ ބޮޑު ބައި ދެއްކުމުން އެ ކައުންސިލްގެ އިދާރާއަށް ކަރަންޓު ދީފިއެވެ.

ޝަރީ 2024

ތިނަދޫ ކައުންސިލްގެ އިދާރާއަށް ކަރަންޓު ދީފައިވަނީ މިރޭ 08:30 ގަ އެވެ.

ފެނަކައިން އެ ރަށު ކައުންސިލްގެ އިދާރާއިން ކަރަންޓު ކަނޑައިލީ 1.9 މިލިއަން ރުފިޔާ ނުދައްކައި ހުރުމުގެ ސަބަބުންނެވެ. ތިނަދޫ ކައުންސިލްގެ ރައީސް, އަލީ އަމްޖަދު ވިދާޅުވީ ނުދައްކައި ހުރި ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާ މިރޭ ދައްކާފައިވާނެ ކަމަށެވެ. އަދި އެ ފައިސާ ނުދެއްކި ހުރީ ބަޖެޓުގެ ތާށިކަން ހުރުމުން ކަމަށެވެ.

"2020 ވަނަ އަހަރު ކައުންސިލަށް ލިބުނު ބަޖެޓުން، ކޯވިޑްގެ ސަބަބުން ފިނޭންސް މިނިސްޓްރީން 15 މިލިއަން ރުފިޔާ ކުއްލިގޮތަކަށް ހޯލްޑް ކުރުމުން މުވައްޒަފުންގެ މުސާރަ އާއި އިދާރާގައި ކުރެވިފައި ހުރި މަރާމާތްތަކަށް ފައިސާ ދޫކޮށްފަ އިތުރަށް ޚަރަދެއް ކުރެވެން ނެތިގެން ބިލްތައް ނުދައްކާ ހޯލްޑް ކުރީ ބަޖެޓް ތާށިވީމަ. އެއީ މައްސަލައެއް ކަމަށް ނުދެކެން. ސަބަބަކީ ކުރީގަވެސް ބިލްތައް ދައްކަމުން ދާގޮތަށް ބަލާފަ ފެނަކާއިން އެފަދަ ޝަކުވާއެއް ކޮށްފާނެ ކަމަށް ނުބެލެވޭތީ." އަމްޖަދު ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ ފެނަކާގެ ބިލްތަކެއް ކައުންސިލް އިދާރާގައި ނުދެއްކި ގިނަވާންޖެހުނީ މިސްކިތްތަށް ކައުންސިލަށް ހާވާލުކުރި އިރު މިނިސްޓްރީން ނުދައްކާ ހުރި ގިނަ އަދަދެއްގެ ބިލްތަކެއް ކައުންސިލްގެ ބަޖެޓުން ދައްކަން ކައުންސިލަށް ނުފެންނާތީކަމަށެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ ބަޖެޓް ތެރެއިން އެބިލްތަކަށް ފައިސާ ދައްކާ ޙަލާސް ކުރެވޭނެ ވަރަށް މިއަހަރުގެ ބަޖެޓް ފާސްކުރި އިރު ފައިސާ ހިމަނާފައިވާނެ ކަމަށެވެ. ނަމަވެސް އެ ބަޖެޓު ފާސްކުރީ މިސްކިތްތަކުގެ 2018 އަދި 2019 ވަނަ އަހަރުގެ ބައެއް ބިލް ދައްކަން ވިސްނާފައެއް ނޫން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ