logoEN
cocacola
ކައުންސިލް އިދާރާއިން ކަރަންޓު ކަނޑައިލީ މިސްކިތްތަކުން ނުކަނޑަންވެގެން - ސައުދު އަލީ

ކައުންސިލް އިދާރާއިން ކަރަންޓު ކަނޑައިލީ މިސްކިތްތަކުން ނުކަނޑަންވެގެން - ސައުދު އަލީ

# ތިނަދޫ ކައުންސިލްގެ އިދާރާ# ސައުދު އަލީ

IMG_0157

ގދ. ތިނަދޫ ކައުންސިލްގެ އިދާރާއިން ކަރަންޓު ކަނޑައިލީ, އެ އިދާރާގެ ބެލުމުގެ ދަށުން ޚަރަދު ހިނގާ އެ ރަށުގެ މިސްކިތްތަކުން ކަރަންޓު ކަނޑައިނުލާން ވެގެން ކަމަށް އެ ކައުންސިލްގެ އިންތިޚާބީ ރައީސް, ސައުދު އަލީ ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ތިނަދޫ ކައުންސިލްގެ އިދާރާއިން މިއަދު ކަރަންޓު ކަނޑައިލީ ފެނަކައަށް ދައްކަން ޖެހޭ 1.9 މިލިއަން ރުފިޔާގެ ބިލް ނުދައްކައިގެންނެވެ.

"ގާފު" އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ އިންތިޚާބީ ރައީސް, ސައުދު އަލީ ވިދާޅުވީ, ފެނަކައިން އެ ރަށު ކައުންސިލްގެ އިދާރާއިން ކަރަންޓު ކަނޑައިލީ ކައުންސިލްގެ ބެލުމުގެ ދަށުން ޚަރަދު ހިނގާ ތަންތަނުގެ ބިލްތައް ބޮޑުވެގެން ކަމަށެވެ. އޭގެ ތެރޭގައި މަގުބައްތިތަކާއި މިސްކިތްތަކާއި ދެންވެސް ދިއްލާފައި ހުންނަ ތަންތަނުގެ ބިލްތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"އޭގެ ތެރެއިންވެސް މިސްކިތްތަކުގެ ބިލްތައް ބޮޑުވެގެން އެ ބިލްތައް ނުދައްކައިގެން މިސްކިތްތަކުން ކަރަންޓު ނުކަނޑަން ވެގެން ކައުންސިލްގެ އިދާރާއިން ކަރަންޓު ކަނޑާލީ. އިދާރާގެ ނުދައްކައި ހުރި ކަރަންޓު ބިލްތައް ނިސްބަތުން މަދުވާނެ. ފެނަކައަށްވެސް މިސްކިތްތަކުން ކަރަންޓު ކަނޑާލަން ނުކުރޭނެ ދެއްތޯ. އެހެންވެ އިދާރާއިން ކަނޑާލީ" ސައުދު ވިދާޅުވިއެވެ.

މިއަދު ތިނަދޫ ކައުންސިލްގެ އިދާރާއިން ކަރަންޓު ކަނޑައިލުމާ ގުޅިގެން ސައުދުވަނީ ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް ފެނަކައަށް ނުސީދާ އިންޒާރެއްވެސް ދީފައެވެ.

"ފެނަކައަށް ދީފަ ހުރި ބިންތައް ހާދަ ގިނައޭ ހިތައް އަރާ" މިއީ އޭނާ ފޭސްބުކްގައި އާންމުކުރި ޕޯސްޓުގައި ވާ ލިޔުންކޮޅެވެ.

އެ ޕޯސްޓާ ގުޅޭ ގޮތުން ސައުދު ވިދާޅުވީ އެ ސްޓޭޓަސް އަކީ ކަރަންޓު ބިލްތަކާ ގުޅިގެން ފެނަކައާ އެކު އޮށްޓަރު ހުރި މަޝްވަރާތަކަކަށް ހުޅުވާލި ދޮރެއް ކަމަށެވެ. އަދި އެ ސްޓޭޓަސްގައިވާ ބިން ބިމުގެ ތަފްސީލް ދެއްވަމުން ސައުދު ވިދާޅުވީ މުޅި ތިނަދޫގެ ނިސްބަތުންވެސް ކުލި ނުނަގާ ގޮތަށް އެންމެ ބޮޑު އަދި އެންމެ ގިނަ ބިންތައް ދޫކޮށްފައި ހުންނާނީ ފެނަކަ އަށް ކަމަށެވެ. އޭގެ ތެރޭގައި ފެނަކައިން ދެމުންދާ ނަރުދަމާގެ ނިޒާމުގައި ހިމެނޭ މަގުތައްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ފެނަކައިން ހިންގާ އިންޖީނުގެތަކާއި ޓްރާންސްފޯމަރުތަކާއި ފެނަކަ އޮފީސް އިމާރާތް ހުރި ބިމާއި ތެޔޮ ޓެންކު އަދި ސުވަރޭޖަށް ދޫކޮށްފައިވާ ބިންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުލި ނުނަގައި ހިލޭ ސާބަހަށް ގިނަ އަދަދެއްގެ ބިންތަކެއް ވާނެ ފެނަކައަށް ދޫކޮށްފަ. ރަށުގެ ނިސްބަތުން އެންމެ ގިނަ އެފަދަ ބިންތައް ހުންނާނީ ފެނަކައަށް ދެވިފަ" ސައުދު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ