.jpg&w=3840&q=75)
ތިނަދޫގައި ހުރި ފްލެޓްތަކުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމަށް ސަރުކާރުގެ ކިބައިން އެދެން - ސައުދު
# ސައުދު އަލީ# ތިނަދޫ ސިޓީތިނަދޫ ސިޓީ މޭޔަރު ސައުދު އަލީ
ތިނަދޫ ސިޓީގައި ސަރުކާރުން ބިނާކޮށްފައިވާ ފްލެޓްތަކުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމަށް ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ އެދިވަޑައިގެންފިއެވެ.

ސައުދު މިގޮތަށް އެދިވަޑައިގެންނެވީ, ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތިނަދޫއަށް ވަޑައިގެން ތިނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ވާހަކަތައް އެތައް ފަހަރަކު ސަރުކާރަށް ދެންނެވިފައިވީ ނަމަވެސް އެކަންތަކަށް ހައްލެެއް ލިބިފައިނުވާ ކަން ސައުދު ވަނީ ފާހަގަކުރައްވާފައެވެ.
ސައުދުގެ ވާހަކަފުޅުގައި ވަނީ, ތިނަދޫގައި އިމާރާތްކޮށްފައިވާ 120 ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށާއި އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތްތަކެއް ހޯދައިދެއްވުމަށް ސައުދު އެދިވަޑައިގެންނެވިއެވެ.
އަދި އެތަނުގައި ހުރި އުމްރާނީ މައްސަލަތައް ފާހަގަކުރައްވައި ސައުދު ވަނީ ރައީސް ޑރ މުއިއްޒުގެ ކިބައިން އެކަންކަން ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ގުޅުންހުރި

ތިނަދޫ ސިޓީ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑުކޮށްފި

ތިނަދޫ އެމްއެންޔޫ ކެމްޕަސް އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ހައުސިންގ ޔުނިޓުތަކުގެ މައްސަލާގައި ތިނަދޫ ސިޓީ ކައުންސިލުން މިނިސްޓްރީގެ އެންގުމަށް އަމަލުނުކުރި!
