logoEN
cocacola
ތިނަދޫގައި ލޯކަލް މާރުކޭޓެއް ގާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ތިނަދޫގައި ލޯކަލް މާރުކޭޓެއް ގާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

އަލްފާ އަލީ

logo

5/16/2022, 9:32:07 PM

# ގދ.ތިނަދޫ# ސައުދު އަލީ

Gdh.Thinadhoo

ގދ. ތިނަދޫގައި ލޯކަލް މާރުކޭޓެއް ގާއިމްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

ގޮސިޔާ

ތިނަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ގދ.ތިނަދޫގައި ޤާއިމްކުރާ ލޯކަލް މާރުކޭޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އެ ކައުންސިލްގެ އިދާރާގައެވެ.

ބިޑް ހުށަހެއެޅުން އޮންނާނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އެ ކައުންސިލްގެ އިދާރާގައެވެ.

ތިނަދޫ ކައުންސިލުން ބުނި ގޮތުގައި މި މަސައްކަތަށް އަންދާސީ ޙިސާބު ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ.

ތިނަދޫގެ ލޯކަލް މާރުކޭޓު އެޅުމަށް ހުޅުވާލާފައިވާއިރު، ތިނަދޫ ކައުންސިލްގެ ރައީސް، ސައުދު އަލީ މީގެ ކުރިން ވިދާޅުވީ ތިނަދޫއަށް މުދާ ބާލާ ބަނދަރުގެ ކުރިމަތީގައި ތިބި ގާޑިއާތައް ހުރި ސަަރަހައްދަކީ ރަށާއި، ރަށުން ބޭރުން އަންނަ ފަރާތްތައް މަޑުކޮށްލައިގެން ތިބެ ހިޔާލު ބަދަލުކޮށްލަން ތިބެވޭ ފަދަ ހިތްފަސޭހަތަކަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެތަން ހުސްކުރުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެތަނުގައި ގާޑިއާ ހިންގަމުން އަންނަ ފަރާތްތަކަށާއި އަދި އެ މަސައްކަތް ކުރަން ބޭނުންވާ އެހެން ފަރާތްތަކަށްވެސް ފުރުސަތު ލިބޭ ގޮތަށް އެކަށީގެންވާ ލޯކަލް މާރުކޭޓެއް ހަދަން ކައުންސިލުން މިހާރު ވަނީ ބިމެއް ކަނޑައަޅާފަ -- ތިނަދޫ ރައީސް، ސައުދު އަލީ

ސައުދު ވިދާޅުވި ގޮތުގައި ލޯކަލް މާރުކޭޓު އަޅަން ކަނޑައަޅާފައިވަނީ ހަތާ ފިއުލްސް ޝެޑުގެ ހުޅަނގަށް އޮންނަ ބިމެވެ. އެ ތަނުގައި އަޅާ މާރުކޭޓުގެ ކުރެހުންތައް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ފައްޓާފައިވާއިރު އެ މަސައްކަތް ކުރަނީ ކައުންސިލްގެ ބަޖެޓުން ކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ