
އެެއަރޕޯޓް މަޝްރޫއާއެކު ތިނަދޫ ސިޓީގައި ފަތުރުވެރިކަަމަށް ބިން ދޫކުރަން ހުޅުވާލެވޭނެ - މޭޔަރު ސައުދު
# ސައުދު އަލީ# ތިނަދޫ ސިޓީތިނަދޫ ސިޓީ މޭޔަރު ސައުދު އަލީ --
ތިނަދޫ ސިޓީގެ އެއަރޕޯޓް މަޝްރޫޢު ފެށުމާއެކު ފަތުރުވެރިކަމަށް ބިން ދޫކުރުމަށް ހުޅުވާލެވޭނެ ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ސައުދު ވަނީ ތިނަދޫ ސަރަހައްދުގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް އެޅުމަށް ސަރުކާރުން ވައުދުވެފައިވާކަން ފާހަގަކޮށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސައުދު ވިދާޅުވީ, އަދުގެ ސަރުކާރުން ތިނަދޫގައި ބިން ހިއްކައިގެން އިންޓަރނޭޝަނަލް އެއަރޕޯޓެއް އަޅަން ވައުދު ވެފައިވާކަމަށާއި, އެ އެއަރޕޯޓްގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް އެނގިނުލައްވާތީ ހިތާމަކުރައްވާ ކަމަށެވެ.
ތިނަދޫ އެއަރޕޯޓްގެ މަޝްރޫއު އަވަހަށް ފެށުމަށްޓަކައި ސަރުކާރާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ފާހަގަކޮށް ސައުދު ވިދާޅުވީ, މި މަޝްރޫއުގ ފެށިގެންދާ ދުވަހަކީ, ތިނަދޫ އިން ފަތުރުވެރިކަމަށް ހާއްސަކޮށް ބިން ދޫކުރަންވެސް ހުޅުވާލެވޭނެ ދުވަހެއް ކަމަށެވެ.
މީގެ އިތުރުންވެސް މިހާރުވެސް ތިނަދޫގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމުގެ ވިސްނުން ގެންގުޅޭކަން ފާހަގަކޮށް ސައުދު ވިދާޅުވީ, އެކަމަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންޓަރނޭޝަނަލް އެއަރޕޯޓެއް ނެތުން ކަމަށެވެ.
"މިކަން (އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢު) ފުރިހަމަވާ ދުވަހަކީ މުޅި ހުވަދުއަތޮޅުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ދުވަހަކަށް" - ސައުދު ވިދާޅުވި އެވެ.
ޔޮޓް މެރީނާ އަދި ކުރޫޒްލައިންތައް ތިނަދޫ ސިޓީއަށް ގެނައުމަށްޓަކައި މިހާރުވެސް މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ސައުދު ވަނީ ފަހަގަކުރައްވާފައެވެ. އެކަމަށް ބޭނުންވާ ހުއްދަތައް ހޯދުމަށް ރަސްމީކޮށް މިހާރު ސަރުކާރަށް ހުށަހަޅާފައިވާ ކަމަަށް ސައުދު ވަނީ ވިދާޅުވެފައެވެ.
ގުޅުންހުރި

ތިނަދޫ ސިޓީ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑުކޮށްފި

ތިނަދޫ އެމްއެންޔޫ ކެމްޕަސް އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ހައުސިންގ ޔުނިޓުތަކުގެ މައްސަލާގައި ތިނަދޫ ސިޓީ ކައުންސިލުން މިނިސްޓްރީގެ އެންގުމަށް އަމަލުނުކުރި!
