.jpg&w=3840&q=75)
ތިނަދޫއަށް ހަގީގީ ސިޓީއެއްގެ ދަރަޖަ ގެނެވުނީ މޭޔަރު ސައުދުގެ ބުރަ މަސައްކަތުން - ވަޒީރު
# އާދަމް ޝަރީފް އުމަރު# ތިނަދޫ ސިޓީ# ސައުދު އަލީމިނިސްޓަރ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯރކްސް އާދަމް ޝަރީފް އުމަރު
ތިނަދޫ ސިޓީއަށް ހަގީގީ ސިޓީއެއްގެ ދަރަޖަ ގެނެވުނީ މޭޔަރު ސައުދު އަލީގެ ބުރަ މަސައްކަތުން ކަމަށް މިނިސްޓަރ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯރކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ, ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތިނަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެެވެ.
ވަޒީރުގެ ވާހަކައިގައި ވަނީ ކުރީ ސަރުކާރުން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައިވީ ނަމަވެސް އެ ސިޓީއަށް ހަގީގީ ސިޓީއެއްގެ ދަރަޖަ ދެވުނީ ސިޓީގެ މޭޔަރު ސައުދު އަލީގެ ބުރަ މަސައްކަތުން ކަން ފާހަގަކުރައްވައި ސައުދުގެ މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ސައުދު ކުރެއްވި މަސައްކަތަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް މޭޔަރު ތައްޔާރަށް ހުރިކަން ހާމަވާ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގުޅުންހުރި

ތިނަދޫގަެ 200 ރޯހައުސްއަށް އެދި ހުށަހަޅަން މާދަމާ ހުޅުވާލަނީ
-1719987487082.webp&w=3840&q=75)
ރައީސް ގެންދަވަނީ ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް އަމަލީ ސިފަ ގެނެސްދެއްވަމުން - މިނިސްޓަރ

ޤައުމުގެ ދިފާޢުގައި ޖިހާދުކުރަން ނުކުންނާނެ ޒުވާން ޖީލެއް އުފެދިގެންދާނެ ކަމުގެ އުންމީދު އާވެއްޖެ - އާދަމް ޝަރީފް
