logoEN
Sto top
އާރުޑީސީ އޮފީސް ފަޅައިލި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި

އާރުޑީސީ އޮފީސް ފަޅައިލި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި

# ވައްކަން ކުރުން# އާރުޑީސީ

big_nyTN2EAaTDCO5wFIniI0pzXXc

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާއުޑީސީ)ގެ އޮފީސް ފަޅައިލި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

Wamco

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރީ އުމުރުން 25 އަހަރާއި 31 އަހަރާއި އަދި 33 އަހަރުގެ މީހެއް ކަމަށެވެ.

އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފަ އެވެ.

މާލޭގެ އޯކިޑް މަގުގައި ހުންނަ އާރްޑީސީގެ ހެޑް އޮފީސް ފަޅާލީ ދެ ފަހަރެއްގެ މަތިންނެވެ. އެއީ މި މަހުގެ 17 ވަނަ ދުވަހާއި 23 ވަނަ ދުވަހު އެވެ. އެ އޮފީހުން ވަގަށް ނަގާފައިވަނީ ފައިސާއެވެ.

އެނގިފައިވާ ގޮތުގައި އާރްޑީސީ ދެ ފަހަރަށް ފަޅާލައި ވަގަށް ގެންދިޔަ ފައިސާގެ އަދަދު 103،000ރ. އަށް ވުރެ އިތުރެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside