މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއެއް ފަށައިފި
# ފެންބޮޑުވުން# މާލެ ސިޓީ# އާރުޑީސީ--
ވިއްސާރަ ދުވަސްވަރުގައި މާލޭގައި ފެންބޮޑުވާ މައްސަލައަށް ހައްލު ހޯދުމަށް ހާއްސަ މަޝްރޫއެއް މިއަދު ފަށައިފި އެވެ.

މި މަޝްރޫޢުގެ އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި ވެސްޓްޕާކް ސަރަހައްދުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންއެވެ.
މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އާއި އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް އާއި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ޢަސްކަރިއްޔާ އިސްބޭފުޅުންނާއި ސަރުކާރު އިސް ފަރާތްތައް ބައިވެރިވެ ވަޑައިގަތެވެ.
މި މަޝްރޫޢަކީ ދިފާޢީ ވުޒާރާއިން އާރުޑީސީއާ ޙަވާލުކޮށްގެން އަދި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫޢުގެ ދަށުން ވެސްޓްޕާކް ސަރަޙައްދުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަޞީލަތްތައް ހަރުކުރާނެކަމަށެވެ. އަދި އެނޫންވެސް ސަރަހައްދުތަކުގައި އެ މަސައްކަތްތައް ކުރެވިގެންދާނެއެވެ
ގުޅުންހުރި

އަމީނީމަގު މަރާމާތުކުރަން އެއް ބައި ބަންދުކުރަނީ

މާފަންނު މައިޒާން ކުރިމަތީގައި ތަރައްޤީކުރި "މާފަންނު ބަސް ސްޓޭޝަން" ހުޅުވައިފި

މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ އަހަރީ ޖަލްސާ ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން އެހީތެރިވުމަށް ފާސްކޮށްފި




