logoEN
Sto top
ނަޑެއްލާ ސްކޫލުގައި ނަމާދުކުރާ ކޮޓަރިއެއް ޤާއިމްކުރަން ހުޅުވާލައިފި

ނަޑެއްލާ ސްކޫލުގައި ނަމާދުކުރާ ކޮޓަރިއެއް ޤާއިމްކުރަން ހުޅުވާލައިފި

# ނަޑެއްލާ ސްކޫލް# ގދ.ނަޑެއްލާ

6yHlUQ6ss8kTND8rpCmq

ގދ. ނަޑެއްލާ ސްކޫލުގައި ނަމާދުކުރާ ކޮޓަރިއެއް ގާއިމްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

Wamco

އެސްކޫލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކަމަށް އިއުލާންކޮށް ކުރިން ހުޅުވާލި ފުރުސަތަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އަލުން އެކަމަށް އިއުލާންކުރާ ކަމަށެވެ. އެގޮތުން ވިޔަފާރި އުސޫލުން މި ސުކޫލުގައި ދަރިވަރުންނާއި މުވައްޒަފުންނަށް ނަމާދުކުރެވޭނެ ޕްރޭޔަރ ރޫމެއް ޤާއިމުކުރުމަށް ބޭނުންވާތީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 03 މެއި ވާ ހޯމަ ދުވަހުގެ ހެނދުނު 11:15 އަށް އެ ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށް ހުޅުވާލާ ކަމަށެވެ.

މި މަސައްކަތަށް އަގު ހުށަހެޅުން އޮންނާނީ 11 މެއި ގެ 11:15 ގައި ހަމަ އެސްކޫލުގައެވެ.

އެ އިއުލާނުގައިވާ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަންތައް ބަލައި ނުގަނެވޭނެކަމަށްވެސް ބުނެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside