logoEN
Sto top
އެމްޑީޕީގެ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް މަޙްލޫފް ވާދަކުރައްވަނީ

އެމްޑީޕީގެ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް މަޙްލޫފް ވާދަކުރައްވަނީ

big_B2qiXerrC4bIMSD

ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ.

Wamco

މިނިސްޓަރ މަހްލޫފް އެކަން އިއުލާން ކުރެއްވީ ރޭގައި އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި މަހްލޫފް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ) ގެ ރައީސް ކަމަށް ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އެމްޑީޕީގެ އެ ދާއިރާތަކުގެ މެމްބަރުން އޭނާއަށް ތާއީދުކޮށްދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އިންތިހާބުގައި ވާދަކުރެއްވުމަށް މަހްލޫފް ނިންމެވި އިރު، ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނާއި ކޮރަޕްޝަނާއި ހިޔާނާތުގެ ތުހުމަތުތައް ކުރެވޭ މީހުންނަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ފައިސާ ބެހި ކުންފުނި ކަމަށްވާ އެސްއޯއެފް އިން މަހްލޫފްގެ އެކައުންޓަށް 33000 އެމެރިކާ ޑޮލަރު (ފަސްލައްކަ ދިވެހި ރުފިޔާ) ޖަމާކޮށްފައިވާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމު ކުރި ރިޕޯޓެއްގައި ބުނެފައިވެއެވެ. އެ މައްސަލައާ ގުޅިގެން މަހްލޫފް ވަނީ މަސައްކަތުން އެކަހެރިކޮށް ދުވަސްކޮޅަކު ސަސްޕެންޑްކޮށްފައެވެ.

މަހްލޫފްގެ ސަސްޕެންޝަން އުވާލީ އޭސީސީ އާއި ފުލުހުންގެ އިދާރާ އިން އެއްވެސް މައްސަލައެއް ނެތް ކަން ޔަގީންވުމުންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside