logoEN
Sto top
ގާފު ރެސިޕީ: ސްޕެގެޓީ ކާބޮނާރާ

ގާފު ރެސިޕީ: ސްޕެގެޓީ ކާބޮނާރާ

# ގާފު ރެސިޕީ

ިޒޒ

ގާފު ރެސިޕީގެ މިއަދުގެ ރެސިޕީއެއްގެ ގޮތުގައި މިގެނެސްދެނީ ސްޕެގެޓީ ކާބޮނާރާ އެވެ.

Wamco
ބޭނުންވާ ތަކެތި:

200 ގުރާމު ފިޔާ (ބޮޑު، ގޮޅިކޮށް ކޮށާފައި)

1 ޕެކެޓު ސްޕެގެޓީ (ލޮނު ލާފައި، ތެޔޮ ފޮދެއް އަޅައިގެން ކައްކާފައި)

200 ގުރާމު ލީކްސް (ކައްޗަށް ކޮށާފައި)

200 ގުރާމު ކެޕްސިކަމް (މެދުން ފަޅާފައި، ކަރުގަނޑު ނަގާފައި، ކައްޗަށް ކޮށާފައި)

500 ގުރާމު ކުކުޅު ( ބޯންލެސް، ކުދިކޮށް ކޮށާފައި)

1 ޕަކެޓު ޗިކަން ސޮސެޖު (މެދުން ފަޅާފައި، ކައްޗަށް ކޮށާފައި)

3 ޖޯޑު ދިޔާ ކިރު (ޑަޗްލޭޑީ ނުވަތަ ލެކްނޯ)

1 ދަޅު ޗީޒު (106 ގުރާމުގެ، ގާނާފައި)

160 ގުރާމު ކިރިމު (ނެސްލޭ، އޮރިޖިނަލް)

½ ސައިސަމުސާ އަސޭމިރުސް (މުގުރާފައި)

ތައްޔާރުކުރާނެ ގޮތް:

ތެޔޮފޮދެއްގައި ފިޔާކޮޅު މީރުކޮށްލާށެވެ.

ކެޕްސިކަމާއި ލީކްސްކޮޅު އޭގެ ތެރެއަށް އެއްކޮށްލާށެވެ.

ދެން އަސޭމިރުސްކޮޅާއި، ކުކުޅުކޮޅު އެއްކޮށްލާފައި، ކުކުޅު ކުޑަކޮށް ރޯފިލީމައި، ސޮސެޖުކޮޅު އެއްކޮށްލާށެވެ.

ރަނގަޅަށް ކުކުޅު ރޯފިލީމައި، ދެ ޖޯޑު ކިރާއި، ޗީޒާއި، ކިރިމު އަޅާފައި، އެއްކޮށްފައި، ސްޕެގެޓީކޮޅު އަޅާލާށެވެ.

ދެން ރަނގަޅަށް ހުރިހާ އެއްޗެހި އެއްކުރުމަށް ފަހު ލޮނު ހެޔޮވަރުކޮށްލާށެވެ.

ގިނައިން ޗީޒު އަޅަން ބޭނުން ނަމަ، އަދި އިތުރަށް ޗީޒު އެޅިދާނެއެވެ. ދިޔާކުރަން ބޭނުން ނަމަ، އިތުރަށް ކިރު ވެސް އެޅިދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside