
މަޑަވެލި
ގދ. މަޑަވެލީ ސިއްޙީ މަރުކަޒުގައި ފައިބަރ ނެޓްވޯކް އެޅުމަށްޓަކައި ކޭބަލް އަޅަން ކޯރު ކޮންނާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

މަޑަވެލި ސިއްޙީ މަރުކަޒުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މަޑަވެލި ކައުންސިލްގެ އިދާރާއިން ގދ.މަޑަވެލި ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެހެން ކަމުން އެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން 28 އޭޕްރީލްގެ ހެނދުނު 11:00 ގައި އެ މަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފު ކުރުމަށް ވަނީ ހުޅުވާލާފައެވެ.
ބިޑް ހުށަހެޅުން އޮންނާނީ މޭ 3 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އެ މަޑަވެލި ސިއްހީ މަރުކަޒުގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމަށާއި, މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އައިޑީކާޑު ގެންނެވުމަށް ވެސް އެ މަރުކަޒުން ވަނީ ބުނެފައެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ އެއީ ކޮންފަރާތަކުން ބަދަލުގައި ފޮނުވާމީހެއް ކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. މިފަދަލިޔުމެއްނެތި ހުށައެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.
ގުޅުންހުރި

މުއާދުގެ ހެޓްރިކާއެކު ފަރެސްމާތޮޑާ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މަޑަވެލި ސެމީއަށް

"އާއިލީ ގުޅުން ބަދަހިކުރުން'' މައުޟޫގެ ދަށުން މަޑަވެލި ސްކޫލު ބެލެނިވެރިންނަށް މައުލޫމާތުދީފި

މަޑަވެލި ކައުންސިލް ފުޓްސަލް ފިއެސްޓާ : ޕެނަލްޓީގައި އެޓޭކާސް ބަލިކޮށް ރަސްގެފާނު ޗެންޕިއަންކަން ހޯދައިފި
